އދ.ފެންފުށި --- ފޮޓޯ: ފެންފުށި ކައުންސިލް އިދާރާ (ފޭސްބުކް)

ގެއްލިގެން ހޯދި ކުޑަކުއްޖަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ކުޑަކުއްޖަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ނިޔާވެފައި އޮއްވާ ފެނިފައިވަނީ އދ. ފެންފުށިން ގެއްލިގެން ހޯދަމުންދިޔަ، އުމުރުން 4 އަހަރުގެ ފިރިހެން ކުއްޖެކެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، މި ތުއްތު ކުއްޖާގެއްލިގެން އދ. ފެންފުށިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވިރު 03:20 ހާއިރު ކަމަށެވެ.

"ކުއްޖާ ހޯދަމުންދަނިކޮށް ފެނިފައިވަނީ މޫދުގައި އޮއްވާ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އުމުރުން 4 އަހަރުގެ އެ ތުއްތު އެކުއްޖާ ހެލްތު ސެންޓަރަށް ގެނައިއިރުވެސް ނިޔާވެފައިވާކަމަށް ފެންފުށީ ހެލްތު ސެންޓަރުން، ޑޮކްޓަރާއި ހަވާލާދީ ފުލުހުންނަށް މަޢުލޫމާތު ދެއްވާފައިވާ ކަމަށެވެ.

މި ހިތާމަވެރި ހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިހާރު ގެންދަނީ ތަހްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ