އިންޓާނަލް އޮޑިޓަރުންނަށް ޚާއްސަ ޓްރޭނިންގ ޕްރޮގްރާމެއް ފަށައިފި

ދައުލަތުގެ މުއައްސަސާތަކުގެ އޮޑިޓިންގ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ފިނޭންސުން އިންތިޒާމްކޮށްގެން "އިންޓާނަލް އޮޑިޓާރސް ޓްރޭނިންގ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބެޗު ކާމިޔާބު ކަމާއެކު ވަނީ ނިންމާލައިފައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި ޕްރޮގްރާމުގެ މަޤްޞަދަކީ އިންޓަރނަލް އޮޑިޓެއް ޕްލޭންކުރާނެ ގޮތާއި، ހިރާސްތައް ދަނެގަންނާނެގޮތާއި، އޮޑިޓްގެ ފީލްޑްވާރކް ކުރިއަށް ގެންދާނެގޮތާއި، އޮޑިޓްގެ މަސައްކަތުގައި ވިސްނުން ބަހައްޓަންޖެހޭނެގޮތާއި، އޮޑިޓް ރިޕޯޓް ލިޔުމުގައި ސަމާލުވާންޖެހޭ ކަންތައްތައް ބަޔާންކޮށް މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރުމުގެ ގޮތުން ހިންގޭ ޓްރެއިނިންގ ޕްރޮގްރާމެއްކަމަށެވެ.

މި ޕްރޮގްރާމްގައި ކިޔަވާދެވޭ ބައިތަކުގެ ތެރޭގައި ޕްލޭނިންގ އެންޑް ރިސްކް އެސެސްމަންޓް، އޮފީސް ޓްއަރ، ކްރިޓިކަލް ތިންކިންގ އެންޑް ޕްރޮފެޝަނަލް ސްކެޕްޓިސިޒަމް، އޮޑިޓް އެގްޒެކިއުޝަން އެންޑް ފީލްޑްވާރކް، އިންޓަރނޭޝަނަލް ޕަބްލިކް ޕްރެކްޓިސް ފްރޭމްވަރކް ގެ އިތުރުން އޮޑިޓް ރިޕޯޓް ރައިޓިންއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ 15 ގަޑިއިރަށް ކުރިއަށް ގެންދެވޭ މި ޓްރޭނިންގގައި ޖުމްލަ 7 ބެޗެއް ކުރިއަށް ގެންދެވޭނެކަމަށެވެ. އެގޮތުން ފުރަތަމަ ބެޗު ނިމި އަދި 2 ވަނަ ބެޗުގެ ކިޔެވުން މިހާރު ވަނީ ފަށާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ