މުޅި ހުޅުމާލެއަށް ކަރަންޓު ދިނުމަށް އިތުރު ވަގުތު ނަގާނެ ކަމަށް ބެލެވޭކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލެއިން މިއަދު ކަރަންޓު ކެނޑިފައިވާއިރު، ޓެކްނިކަލް މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުން ހުޅުމާލޭގެ ބައެއް ހިސާބުތަކަށް މިހާރު ވަނީ ކަރަންޓު ދެވިފައެވެ. އެގޮތުން ހުޅުމާލޭގެ %70 އަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައިކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
ނަމަވެސް މައްސަލަ އެއްކޮށް ހައްލުކޮށް މުޅި ހުޅުމާލެއަށް ކަރަންޓު ދިނުމަށް އިތުރު ވަގުތު ނަގާނެކަމަށް ބެލެވޭ ކަމަށް ސްޓްލްކޯއިން މައުލޫމާތުދެއެވެ.
ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުން ހުޅުމާލޭގެ ބައެއް ހިސާބުތަކަށް މިހާރު ވަނީ ކަރަންޓު ދެވިފައި. ނަމަވެސް މުޅި ހުޅުމާލެއަށް ކަރަންޓު ދިނުމަށް އިތުރު ވަގުތު ނަގާނެ ކަމަށް ބެލެވޭ. 1/2
— STELCO (@STELCOMALDIVES) December 1, 2020
ގްރޭޓަރ މާލޭ ސަރަޙައްދުން ކަރަންޓު ކެނޑުމަކީ މިފަހަކަށް އައިސް ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. އެގޮތުން ދާދިފަހަކުން މާލެއިން 5 ގަޑިއިރަށްވުރެ ގިނަ އިރަށް ކަރަންޓު ކެނޑިފައިވެއެވެ.




