ހދ.ކުރިނބީގައި ދެ އަންހެނެއްގެ ބަރަހަނާ މަންޒަރުތައް ވީޑިއޯކުރި ޒުވާނަކަށް ފުލުހުން ހިމާޔަތް ދޭކަމަށްބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އިތުބާރުހުރި މަސްދަރުތަކުން މިނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި، ބަރަހަނާ މަންޒަރުތައް ރެކޯޑްކޮށްފައިވަނީ ދެ އަންހެނަކު ބޭނުންކުރާ ފާހާނާގެ ބޭރުން ވީޑިއޯކޮށް ފޮޓޯނަގައިގެންނެވެ. ދެ އަންހެނުންގެ ބަރަހަނާ މަންޒަރުތައް ވީޑިއޯކޮށް، އެ ޒުވާނާ ވަނީ ބައެއް އެހެން ފަރާތްތަކަށް އެ ވީޑިއޯތައް ދައްކާފައެވެ. ވީޑިއޯ ފެނުނު ބައެއް ފަރާތްތަކުން އެކަމަށް ހެކިވާކަމަށްވެސް ކުރިނބީން ވާހަކަދެއްކި ފަރާތްތަކުން ބުނެފައިވެއެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލައިގައި އަނިޔާލިބުނު ދެ އަންހެނުން އަމިއްލައަށް މި މައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅިއިރު، ތުހުމަތު ކުރެވޭ ފަރާތް ކަރަންޓީނުގައި ހުރުމުން ފުލުހުން އޭރު ބުނެފައިވަނީ، ތުހުމަތު ކުރެވޭ ފަރާތް ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން އެ މައްސަލައިގައި ބަޔާން ނަގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނާން ޖެހޭނަމަ އެކަން ކުރާނެ ކަމަށެވެ.
ނަމަވެސް ތުހުމަތު ކުރެވޭ ޒުވާނާގެ ކަރަންޓީނު މުއްދަތު ހަމަވެ، ނެގި ކޮވިޑް ޓެސްޓްގެ ނަތީޖާ އިއްޔެ ލިބި ދޫކޮށްލުމުގެ ކުރިން ފުލުހުންނަށް އެކަން އެންގުމުން "ތަހްޤީޤަށް ދާންވީމަ ދާނެ ކަމަށް" ބުނެ، އެ ފަރާތް ދޫކޮށްލިއިރުވެސް ފުލުހުން ކުރިނބީއަށް އައިސް މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތާ ސުވާލުކޮށް، ބަޔާން ނަގާފައި ނުވާކަންވެސް މިނޫހަށް ވަނީ އެނގިފައެވެ.
މަންޒަރު ދުއް ފަރާތްތަކުން މިނޫހަށް ކިޔައިދިން ގޮތުގައި، ބަރަހަނާ މަންޒަރު ރެކޯޑްކުރި ޒުވާނާއާއި ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކުރާ، ކުރިނބީގައި މިވަގުތު ހުރި ފުލުހަކު ރޭ ވަނީ ބައްދަލުކޮށްފައެވެ. އެ މަންޒަރު ފެނުނު މީހުން ތިބިއިރު، އެ ފުލުސް މީހާ އެކަން ކޮށްފައިވަނީ ފުލުހުންގެ މުއައްސަސާގައި އަމަލުކުރަމުންދާ އުޞޫލުތަކުގެ ބޭރުން ކަންވެސް މިނޫހަށް ވަނީ އިތުބާރުކުރެވޭ މަސްދަރުތަކުން ކަށަވަރުކޮށްދީފައެވެ.
މީގެ އިތުރުން މިވަގުތު ޗުއްޓީގައި ކުރިނބީގައި ހުރި ޕޮލިސް އިންޓެލިޖެންސްގެ ފުލުސްމީހާ، މި މައްސަލައިގައި އަނިޔާލިބުނު އަންހެނުންނށް ފޯނުން ގުޅައި ރުޅިވެރި ރާގުގައި "ކިހިނެތް ވެގެންހޭ ތިއުޅެނީ؟" ބުނެފައިވާކަމަށްވެސް މިނޫހަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އެ ފަރާތަކީ ރަސްމީކޮށް މައްސަލައިގެ މަޢުލޫމާތު ހިއްސާކުރަންޖެހޭ ފަރާތަކަށް ނުވާތީވެ "ކަމެއް ނުވާކަމަށް" ބުނުމުންވެސް، "ވީގޮތެއް ބުނެދިނުމަށް" ފުލުސް މީހާ އެދިފައިވެއެވެ.
މި މައްސަލަ އިތުރަށް ހޫނުވެފައިވަނީ، މައްސަލައިގެ ތަޙްޤީޤަށް މިއަދު ހެނދުނު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ތަޙްޤީޤު ޓީމު ކުރިނބީއަށް ދިޔައިރު، ފުލުހުންގެ އިސްތިޤްބާލުގައި މި ސީރިއަސް މައްސަލައިގެ ތުހުމަތު ކުރެވޭ ޒުވާނާ ބަންދަރުގައި ހުރުމުންނެވެ. މަންޒަރު ދުށް ފަރާތްތަކުން މީނޫހަށް ކިޔައިދިން ގޮތުގައި އެ ޒުވާނާއަށް ފުލުހުން އަންނަކަން ކުރިއާލައި އެނގި، ހެނދުނުންސުރެ ތައްޔާރުވެގެން ހުރީ ބަނދަރުގައެވެ.
ފުލުހުން ކުރިނބީއަށް އައިިގޮތަށް، ތުހުމަތު ކުރެވޭ 30 އަހަރުގެ އެ ޒުވާނާގެ ގެއަށް ގޮސް 10 ވަރަކަށް މިނެޓް ފަހުން ވަނީ ރަށުން ފުރައިގެން ގޮސްފައެވެ. މިފަދަ ބޮޑު މައްސަލައެއްގައި ތުހުމަތު ކުރެވޭ ފަރާތާ ދެކޮޅަށް ބޮޑެތި ހެކިތަކެއް ހުރިނަމަވެސް ފުލުހުން އެ ޒުވާނާ ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލައިގެ މަޢުލޫމާތު ލިބިހުރި ޕޮލިސް އިންޓެލިޖެންސްގައި މަސައްކަތްކުރި އެ ފުލުސް މީހާ، މައްސަލަ އެހެން ދިމާއަކަށް "ޑައިވާޓް" ކުރުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުވެސް ކުރެއެވެ. އެގޮތުން އެރަށުގެ ބައެއް ޒުވާނުން ކައިރީ މައްސަލަ ހިނގައިގެން އުޅޭކަމަށް ބުނެ، އެ ކަމަމުގެ ތުހުމަތު ކުރެވޭ މީހާގެ ސިފަތައް ނުބައިކޮށް ކިޔައީ، އެހެން މީހެއްގެ ބޮލުގައި މައްސަލައިގެ ތުހުމަތު އެޅުވުމަށް މަސައްކަތް ކުރި ކަމަށާއި، އެކަމުގެ ހެކިވެސް ހުރިކަމަށް ކުރިނބީން މިނޫހާ ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.،
ޕޮލިސް އިނޓެލިޖެންސްގައި މަސައްކަތްކުރާ ފުލުސް މީހާއާއި ތުހުމަތު ކުރެވޭ ޒުވާނާއާއި ގާތް ގުޅުންތަކެއް އޮންނަކަށް އެރަށު މީހުން ތުހުމަތު ކުރާއިރު، ބައެއް ޒުވާނުން ވަނީ ފުލުހުން އަމަލުކުރި ގޮތުން ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
މި ކަންކަމާއި ގުޅިގެން ސުވާލުކުރުމުން ފުލުހުން ވިދާޅުވީ، އޮކްޓޯބަރު މަހު ތެރޭގައި ކުރިނބީގައި އަންހެނަކު ފާހާނާގައި ފެންވަރަން ހުއްޓައި ވީޑިއޯކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ނޮވެމްބަރު 27 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި، މިއަދު އެރަށަށް ފުލުހުން ގޮސް ކޯޓު އަމުރެއްގެ ދަށުން ތަނެއް ބަލާ ފާސްކޮށް، ތަޙްޤީޤަށް ހެކި ހޯދުމަށް ބޭނުންވާ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.




12 Responses
Rashugai hingaa hurihaa kameh noosthakah Aruwan vehje Nama hihhamanujehey kithanme
????bayakuu hunnane
thikahala hurihaakamen kuraabayakee polihun
1 އޮކްޓޯބަރ ގައި ހިނގި ކަމެއް ނޮވެމްބަރު 27 ގަ އެންގީމަ ހެކި ހޯދަން ދަތިނުވާނެތަ؟ ލަސްނުކޮށް އަންގަބަލަ.
Amihla maslahathu iskoh mi kuri hadi huthuru amaluge sababun baehge dhirulhun halaaku vegen e dhiyaee
Intel akee bodu fithunaeh.
މިކަހަލަ ކަންކަމަކީ ކުޑަ ކަމެެއް ނޫން. ލިބެންވާ ހައްގު އަދަބު ދޭން ޖެހޭ
ވަރަށް ދެރަ ކަންކަން! އަންހެނުންތަކެއްގެ ބަރަހަނާ ވީޑިއޯކުރި ޒުވާނަކަށް ފުލުހުން ހިމާޔަތްދިނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން. މިކަން ކުރި މީހާއަށް ގާނޫނުގެ ދަށުން ލިބެންޖެހޭ އެންމެ ހަރުކަށި އަދަބު ދޭން ޖެހޭ!
****** ތީ ރަށުން ބޭރު ކުރަންވެފަހުރި މީހެއް
މީހަކު ފޮޑިއެއް ޖަހާއިރައް ވާނެ ކޮޕުން އަރުވަން
އަންހެނުން ތަކެއްގެ ބަރަހަނާ ވީޑިއޯ ކުރުމަކީ ކުޑަ ކަމެއް ނޫން. ބައެއްގެ އަބުރު ކަތިލުމަކީ ގާނޫނު އަސާސީގެ ދަަށުން ބޮޑު ކުށެއް
މިދެން ކޯންޗެއް ވާއެއް ނުވާއެއް ނޭންގެ، ކުރިނބީގަ ދެމީހަކު ހޯއްގޮވާލިޔަސް އެވާހަކަ ކިޔާތި ތިހަބަރު ގެޓުވާނީ ހަމަ އެކަނި ކުރިނބީ މީހުންނަށް. ކުރިނބީ ލައިވްތަ މީ. ނޫނީ ކައުންސިލް ރައީގެ ފޭސަބުކް ސއޓޭޓަސް އެއތަ
ހޯއްގޮވާލުމާ މިފަދަ ބޮޑެތި ކުށާ އެއްވަރު ކުރުމަކީ އިންސާނިއްޔަތެެއް ނެތް ކަމުގެ ހެެއްކެތް