ރޮބާޓޯވެސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑަރު ސާޖީ ރޮބާޓޯވެސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ބާސެލޯނާއިންވެސް އެކަން ކަށަވަރުކޮށްދީފައިވާއިރު އެކްލަބުން ނެރެފައިވާ ބަޔާނެއްގައި ބުނީ، އަންގާރަދުވަހު ހެދި ޕީސީއާރު ޓެސްޓުން އެކްލަބުގެ ޑިފެންޑަރު ސާޖީ ރޮބާޓޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ރޮބާޓޯގެ ސިއްޙަތު ރަނގަޅުކަމަށާއި، މިހާރު ހުރީ ހޯމް އައިސޮލޭޝަންގައި ކަމަށްވެސް ބާސެލޯނާއިން ބުންޏެވެ.

ރޮބާޓޯއަށް އަނިޔާވެފައިވަނީ ސްޕެނިޝް ލަލީގާގައި އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. 21 ނޮވެމްބަރުގައި ކުޅުނު އެމެޗަށްފަހު އަނިޔާގެ ސަބަބުން ރޮބާޓޯ ހުރީ ގޭގައެވެ. އެހެންކަމުން ރޮބާޓޯގެ ކޭސްއާއި ގުޅިގެން ބާސެލޯނާގެ ސީނިއާ ސްކޮޑުގައި ކޮވިޑް ފެތުރިދާނެކަމުގެ ބިރުވެރިކަމެއް ނެތެވެ.

ރޮބާޓޯ ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާއާއި ކޮންޓެކްޓްވި ފަރާތްތަށް މިހާރު ހޯދިފައިވާކަމަށާއި އެހުރިހާ އެންމެންގެވެސް ޕީސީއާރު ޓެސްޓް ހަދާނެކަމަށް ހެލްތު އޮތޯރިޓީއިން ބުނެފައިވާކަމަށްވެސް ބާސެލޯނާއިންވަނީ ބުންޏެވެ.

މިއީ ފުޓްބޯލް ކްލަބު ބާސެލޯނާގެ ސްކޮޑުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަތަރުވަނަ ކުޅުންތެރިޔާއެވެ. ޓޮޑިބޯއާއި އުމްޓިޓީގެ އިތުރުން ޕިޔާނިޗްވެސްވަނީ މީގެކުރިން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ