މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިޚާބު މާދަމާ ހެނދުނު 11:00 އިން 12:00 އަށް ބާ ޖަމާލުއްދީނުގައި ބޭއްވުމަށް ހޯމް މިނިސްޓްރީން ނިންމައިފިއެވެ.
އިންތިހާބުގައި މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރުކަމަށް 14 ފަރާތަކުން ކުރިމަތިލާފައި ވާއިރު، މީޑިއާ ކައުންސިލްގެ އާންމުންގެ މެންބަރުކަމުގެ މަގާމަށްވެސް 14 ފަރާތަކުން ވަނީ ކުރިމަތިލާފަ އެވެ.
ހޯމް މިނިސްޓްރީން ބުނީ މީޑިއާ ކައުންސިލުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން އިންތިހާބުކޮށްފައިވާ މީޑިއާ ކައުންސިލްގެ ފަސް ވަނަ ދައުރު، މިމަހުގެ 11 އަށް ހަމަވާ ކަމަށެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްގެ 5 ވަނަ ދައުރުގެ އިންތިޚާބު މާދަމާ އޮންނާނެ. pic.twitter.com/rfWTQqOHAB
— Home Ministry, MV (@HomeMinistrymv) December 4, 2020
މޯލްޑިވްސް މީޑިއާ ކައުންސިލްގައި ހިމެނޭ 15 މެމްބަރުންގެ ތެރެއިން، މާދަމާ އޮންނަ އިންތިޚާބުގައި 13 މަގާމަކަށް މެމްބަރުން އިންތިޚާބު ކުރެއެވެ. އެއީ، މީޑިއާ ތަމްސީލުކުރާ 7 މެމްބަރަކާއި، އާންމު މެމްބަރުން ތަމްސީލުކުރާ 6 މަގާމެކެވެ.



