ފޮޓޯ: ދެން

ދަރުމަވެެރީންނަށް އައްސަރިބަހާއި ސާބަސް: ޔުމްނާ

ޤައުމަށް ދިމާވާ އެކިއެކި ދަތިހާލަތްތަކުގައި ދަރުމައަށް މަސައްކަތް ކޮށްދެއްވާ ދަރުމަވެރިންނަށް، ހެރިޓޭޖް މިނިސްޓަރ ޔުމްނާ މަޢުމޫން އައްސަރިބަހާއި ސާބަސް ދަންވައިފިއެވެ.

ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭ ދަރުމައަށް މަސައްކަތް ކުރާ މީހުންގެ ދުވަސް މިއަދު ފާހަގަ ކުރެވެމުންދާއިރު މިނިސްޓަރ ޔުމްނާ ވިދާޅުވެފައި ވަނީ ކޯވިޑްގެ މި ހާލަތުގައްޔާއި ދިވެހިންނަށް ދިމާވި މިފަދަ ކޮންމެ ދަތި ހާލަތެއްގައި އެންމެ ކުރީ ސަފުގައި އިޖުތިމާޢީ ރޫހުގައި ވަރުބަލިކަމެއް ނެތި ދަރުމައަށް މަސައްކަތް ކޮށްދެމުންދާ ދަރުމަވެރީންނަށް އައްސަރިބަހާއި ސާބަސް ދަންނަވާކަމަށެވެ.

ބައިނަލްއަޤްވާމީ ވޮލިންޓިއަރުންގެ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު، މުޅި ދުނިޔެވެސް މިވަނީ ބޮޑު ބަލިމަޑުކަމެއްގެ ވަބާއާއި ކުރިމަތިލާން ޖެހިފައެވެ. މި ދަތިހާލުގައި ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ވޮލެންޓިއަރުންގެ ދަޢުރުވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. އަދި މި ފަދަ އެތައް ދަރުމަވެރީންގެ އަގު ނުކުރެވޭ މަސައްކަތްތައް އަޅުގަނޑުމެންނަށްވެސް ދަނީ ފެންނަމުންނެވެ.

މިދުވަހާއި ގުޅިގެން ހޯމް މިނިސްޓްރީން ވިދާޅުވެފައި ވަނީ މި ފަދަ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ، ދަރުމައަށް ކަންކަން ކުރުމަށް ހިތްވަރު ދިނުމާއި ދަރުމައަށް މަސައްކަތް ކުރާ ފަރާތްތަކަށް ހިތްވަރު ދިނުންކަމަށެވެ. އަދި އެކަމުގެ ރޫޙާއި ޝައުގުވެރިކަން އުފައްދައި މުޖުތަމައު ހޭލުންތެރި ކުރުންކަމަށެވެ.

އެމިނިސްޓްރީން ވިދާޅުވެފައި ވަނީ ދަރުމައަށް މަސައްކަތް ކުރުމަކީ ވަކި މީހަކަށް އޮތްކަމެއް ނޫންކަމަށާއި އެކަމުގެ ޝައުގުވެރިކަން ހުރި ކޮންމެ މީހަކު ވެސް ކުރުން މުހިންމު ކަމެއްކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ