ހަށި ވިއްކުމުގެ ތުހުމަތުގައި މީގެ ކުރިން ބިއުޓީޕާލާ އަކުން ހައްޔަރުކޮށްފައިވާ ބައެއް: ފޮޓޯ - އަވަސް

ބިއުޓީ ސެލޫނެއްގެ ތެރެއިން ފިރިހެނަކާއި ދެ އަންހެނުން ހައްޔަރުކޮށްފި

މާލޭގައި ހިންގަމުންދާ ބިއުޓީ ސެލޫނެއްގެ ތެރެއިން ފިރިހެނަކާއި ދެ އަންހެނުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މާލޭގައި ބިއުޓީ ސެލޫނެއްގެ ހިދުމަތްދޭ ތަނެއްގެ ގޮތުގައި ހިންގަމުންއައި ތަނަކުން ހައްޔަރުކޮށްފައިވަނީ ބިދޭސީ ދެ އަންހެނަކާއި އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

ފުލުހުން ވިދާޅުވީ މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޑިިސެމްބަރު 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށްގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިހާރު މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ