އާ މީޑިއާ ކައުންސިލެއް އިންތިޚާބުކޮށްފި

އާ މީޑިއާ ކައުންސިލެއް އިންތިޚާބުކޮށްފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިޚާބު މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރުކަމަށް 15 ފަރާތަކުންވަނީ ކުރިމަތިލާފައެވެ. އަދި މީޑިއާ ކައުންސިލްގެ އާންމުންގެ މެންބަރުކަމުގެ މަގާމަށް 14 ފަރާތަކުން ވަނީ ކުރިމަތިލާފަ އެވެ. މިއިންތިޚާބުގެ ވޯޓުލުން ކުރިއަށް ގޮސްފައިވަނީ ބާ ޖަމާލުއްދީނުގައި ހެނދުނު 11:00ން 12:00 އަށެވެ. ނަމަވެސް ވޯޓުލާ ވަގުތު ހަމަވިއިރުވެސް ކިއުގައި ގިނަ ބަޔަކު ތިބުމުން އެފަރާތްތަކަށް ވޯޓު ލުމުގެ ފުރުސަތު ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ 13 މެންބަރުންގެ މައްޗަށެވެ. އެއީ މީޑިއާގެ 7 މެންބަރުންނާއި އާންމުންގެ 6 މެންބަރުންގެ މައްޗަށެވެ.

އެގޮތުން މިއަދު ކުރިއަށްދިޔަ އިންތިޚާބުގައި މީޑިއާގެ މެންބަރުކަމަށް ހޮވުނު ފަރާތްތަކަކީ:

  • އަލީ ހުސައިން (152 ވޯޓު)
  • މުޢިއްޒު އިބްރާހިމް (99 ވޯޓު)
  • އާދަމް ނަވާޒް (92 ވޯޓު)
  • ހަސަން ޝާކިރު މުުހައްމަދު (88 ވޯޓު)
  • އާދަމް ނަޒީރު (97 ވޯޓު)
  • ޝަހުބާން ފަހުމީ (94 ވޯޓު)
  • ހުސައިން ޘަގީފް (97 ވޯޓު)

އަދި އިންތިހާބުވި އާއްމު މެންބަރުންނަކީ:

  • އަންވަރް ހުސައިން (112 ވޯޓު)
  • އިބްރާހިމް ފައުޒީ (99 ވޯޓު)
  • ޝަފާތް ހަބީބް (83 ވޯޓު)
  • މުހައްމަދު ޝަފާއު ހަސަން (82 ވޯޓު)
  • ފާތިމަތު އަހުމަދު (142 ވޯޓު)
  • އަހުމަދު މޫސާ (90 ވޯޓު) އެވެ.

މީޑިއާ ކައުންސިލުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން އިންތިހާބުކޮށްފައިވާ މީޑިއާ ކައުންސިލްގެ ފަސް ވަނަ ދައުރު، މިމަހުގެ 11 އަށް ހަމަވާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ