މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓިސީސީ) އާއި ހަވާލުކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު، އެ މަޝްރޫއު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ސަރަހައްދުގައި މޮބިލައިޒްކޮށްފިއެވެ.
އެމްޓީސީސީ އިން ހަންޏާމީދޫގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މި މަހުގެ ހަތަރުވަނަ ދުވަހު މޮބިލައިޒްކޮށްފައިވާ އިރު، އެ މަޝްރޫއު އެ ކުންފުންޏާއި ހަވާލުކުރެވިފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 29 ގައެވެ.
އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 04 ޑިސެމްބަރ 2020 ގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި. މި މަޝްރޫޢަކީ 32.2 މިލިއަން ރުފިޔާގެ މަޝްރޫޢެއް. މި މަޝްރޫޢުގައި ސޮއިކޮށްފައިވަނީ 29 ޑިސެމްބަރ 2019 ގައި. pic.twitter.com/k0kdGjfFag
— MTCC Plc (@MTCCPlc) December 6, 2020
އެ މަޝްރޫއުގެ ދަށުން 6,363.1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 266 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1،330 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި މަގުބައްތި ހަރުކުރުން ފަދަ މަސައްކަތްތައް ކުރާނެ އެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާއި އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 32.2 މިލިއަން ރުފިޔާ އަށެވެ.