"ހުވާ" އެނބުރި އަންނަނީ!

ބައިސްކޯފުން ދައްކަމުން އަންނަ ފާތިމަތު ނަހުލާގެ ކާމިޔާބު ވެބް ސީރީޒް "ހުވާ"ގެ ދެވަނަ ސީޒަންގެ 20 އެޕިސޯޑު ދެއްކުމަށްފަހު، ސީޒަން ބްރޭކެއް ނަގާފައިވަނީ ގާތްގަނޑަކަށް މީގެ 6 މަސްދުވަސް ކުރިންނެވެ. މި ސީރީޒްގެ މާ ބޮޑު އަޕްޑޭޓެއް އޭގެ ފަހުން ލިބިފައިނުވިނަމަވެސް، މި ސީރީޒް އަލުން ދައްކަން ފަށާނެ ކަމުގެ އުފާވެރި ޙަބަރު ބައިސްކޯފުން އިއްޔެ ވަނީ ދީފައެވެ.

"ހުވާ" ސީޒަން ބްރޭކަކަށް ގޮސްފައިވަނީ، ކޮވިޑް-19 ގެ ލޮކްޑައުންއާއި ގުޅިގެން ސީރީޒްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަތިވުމާއެކުގައެވެ. "ހުވާ" ސީޒަން ދެއެއްގެ ޖުމްލަ 80 އެޕިސޯޑު ހިމެނޭއިރު، ސީޒަން ބްރޭކަކަށް ގޮސްފައިވަނީ ޖުމްލަ 20 އެޕިސޯޑު ދެއްކުމަށްފަހުއެވެ.

ބައިސްކޯފުން ޕްރޮޑިއުސްކުރާ މި ސީރީޒް ވަރަށް އަވަހަށް އެނބުރި އަންނަކަން އިއުލާންކުރީ ބައިސްކޯފުގެ ފޭސްބުކް އެކައުންޓުގެ ސްޓޯރީގައި އެވާހަކަ ހިއްސާކުރަމުންނެވެ.

“ހުވާ” އަކީ އާއިލާގެ ތެރޭގައި ހިނގާ މައްސަލަތަކާއި އަދި އިޖްތިމާޢީ ގިނަ މައްސަލަތަކެއް މައްޗަށް އަލި އަޅުވާލައިގެން ގެނެސްދީފައިވާ އަސަރުގަދަ އަދި ޢިބްރަތްތެރި ސީރީޒްއެކެވެ.

“ހުވާ” ގެ ކާސްޓުންގެ ތެރޭގައި އަބްދުﷲ މުޢާޒް ، މުހައްމަދު ފައިސަލް، މަރިޔަމް އައްޒަ، ޝީލާ ނަޖީބް، އިބްރާހީމް (ޖިމީ) ޖިހާދު، އައިމިނަތު ރިޝްފާ، އަލީ (ދޮންއައްޔަ) އާޒިމް، އަދި އާރިފާ އިބްރާހީމްވެސް ފެނިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
109132
ގުޅުންހުރި ލިޔުންތައް

2 Responses

  1. Ram

    ޥަރަށް ޢަވަހަށް ގެންނަށްޗޭ. ޕްލިސް….

  2. މީހެއް

    Kon irakun dhakkan fashanee

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ