"ރޭޝަމް" ބައިސްކޯފުން ދައްކަން ފަށައިފި!

ޓީވީއެމްއިން މީގެ އެތައް އަހަރު ތަކެެއް ކުރިން ދެއްކި ކާމިޔާބު ޑްރާމާ ސިލްސިލާ "ރޭޝަމް" ބައިސްކޯފުން ދައްކަން ފަށައިފިއެވެ.

މަޤްބޫލު ޑައިރެކްޓަރު، އަބްދުލް ފައްތާހު ޑައިރެކްޓްކުރި މި ޑްރާމާ ސިލްސިލާގައި ހިމެނެނީ މުޅިއަކު 22 އެޕިސޯޑެވެ. އަދި މިއީ ވާހަކަ ލިޔުންތެރިޔާ މޫސާ ސާއިދުގެ އަސަރުގަދަ ލޯބީގެ ވާހަކައަކަށް ހަދާފައިވާ ރީތީ ޑްރާމާ ސިލްސިލާއެކެވެ.

މި ޑްރާމާގެ ޓައިޓަލް ރޯލު ކުޅެފައިވަނީ، ދިވެހި ފިލްމީ އިންޑަސްޓްރީގައި އުފެދުނު އެންމެ ރީތި އަދި އެންމެ މޮޅު އެކްޓްރެސްކަމަށް ގިނަ ބަޔަކު އިއްތިފާޤުވާ، މަރިޔަމް ނިޝާއެވެ. މީގެ އިތުރުން، މި ޑްރާމާގެ ކާސްޓުގައި އަހުމަދު، އަޝްރަފް، ފައުޒިއްޔާ ހަސަން، އައްސަދު ޝަރީފު، މަރިޔަމް ނާޒިމާ، އާމިނަތު ރަޝީދާ ފަދަ ތަރިން ހިމެނެ އެވެ.

މީގެ 21 އަހަރު ކުރިން ދެެއްކި މި ޑްރާމާ ބަލާލުމުގެ ފުރުސަތު އަނެއްކާވެސް ދިވެހިންނަށް ލިބިގެންދާއިރު، ބައިސްކޯފުން އަންނަނީ ކުރީގެ ޑްރާމާ ސިލްސިލާތަކާއި އަދި ފިލްމްތައް ބެލުންތެރިންނާއި ހަމައަށް ގެނެސްދެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ