"އުފް ކަލާ ހަނދާން ވުމުން" ގެ ރީމޭކެއް ހަދަން ވަރަށް ބޭނުން- ކައި

ރާއްޖޭގެ މަޝްހޫރު ފަންނާނުންނާއި އެކު، އޮންލައިން ސްޓްރީމިން ޕްލެޓްފޯމް، ބައިސްކޯފުން ގެނެސްދެމުން އަންނަ ލޮކްޑް އަޕް ވިތް ޕްރޮގްރާމް މިވަނީ އާއްމުންގެ މެދުގައި ވަރަށް ބޮޑަށް ވައިގައި ހިފާލާފައެވެ. އެގޮތުން އެންމެ ފަހުން ގެނެސްދިން އެޕިސޯޑުގައި ގެނެސްދިނީ، ރާއްޖޭގެ އެންމެ މަޝްހޫރު މޮޑެލް ކައިޒީން (ކައި)ގެ ވާހަކަތަކެވެ. އަދި މި ޕްރޮގްރާމްގައި ކައި ހިއްސާކުރި ވާހަކައެއް ހިމަނާލާނަމައެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަމުން ކައި ބުނީ، ދިވެހިންގެ ތެރޭގައި މަޝްހޫރުވެގެންދިޔަ ކުރީގެ ލަވަ "އުފް ކަލާ ހަނދާން ވުމުން"ގެ ރީމޭކެއް ހަދަން ކައި ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ.

މިދުވަސްކޮޅު އެންމެ ގިނައިން އަޑުއެހޭ ލަވައަކީ، ކޮބައިތޯ ސުވާލުކުރެވުމުން ކައި ބުނީ،  ކައި އަކީ މާގިނައިން ލަވަ އަޑުއަހާމީހެއް ނޫންކަމަށެވެ. ނަމަވެސް އިނގިރޭސި ޑީޖޭ ސްޓައިލްގެ ލަވަތައް ކަމުދާކަމަށާއި، ނަމަވެސް ހިންދީ ނޭނގޭތީވެ އެއްވެސް ވަރަކަށް ހިންދީ ލަވަ އަޑުނާހާ ކަމަށެވެ. ނަމަވެސް، ދިވެހި ލަވަތަކުގެ ތެރެއިން "އުފް ކަލާ ހަނދާން ވުމުން" މި ލަވައަކީ ވަރަށް ކަމުދާ ލަވައެއް ކަމަށާއި، އަދި މި ލަވައަށް ރީމޭކެއް ހަނދަން ކައި ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ.

"އުފް ކަލާ ހަނދާން ވުމުން" މި ލަވައަކީ، އަދިވެސް ދިވެހިންގެ ހަނދާނުން ހަރުލާފައިވާ މަޝްހޫރު ލަވައެކެވެ. މިހާރުވެސް ސޯޝަލް މީޑިއާގައި އެކި ދުވަސްވަރު މަތިން މި ލަވަ ދައުރުވަމުން ދެއެވެ. ދިވެހިންނަށް އެންމެ ކަމުދިޔައީ މި ލަވައިގައި އުޅޭ އަންހެން ތަރީގެ ޑާންސް ސްޓެޕްތަކެވެ. މި ލަވައާއި ގުޅޭ ގޮތުން އެކި މީމްސްތައް ހަނދައިގެންވެސް ސޯޝަލް މީޑިއާގައި ދައުރުވެއެވެ.

މި ލަވައިގައި މާ މަޝްހޫރު ނޫން ނުވަތަ ދިވެހިންނަށް އާއްމު ނޫން ދެ ފަންނާނުން އުޅުނުކަމުގައިވިޔަސް، ލަވައިގެ މަގުބޫލުކަމަށް އަދިވެސް ފަނޑުކަމެއް ނާދެ އެވެ. ބައި ލައްކައަށް ވުރެ ގިނަ ފަހަރު ޔޫޓިއުބުގައި މި ލަވަ ބަލާފައިވުމަކީ، މިކަމުގެ ހެއްކެކެވެ.

އެހެންކަމުން، ކައިޒީން ފަދަ މަޝްހޫރު މޫނެއް މި ލަވައިގެ ރީމޭކިން އެއް ހަދައިފިނަމަ އަދިވެސް މި ލަވަ ކާމިޔާބުވާނެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

މިލިޔުން ކިޔާލުމުން
1166
ގުޅުންހުރި ލިޔުންތައް

4 Responses

  1. Uff

    Bodah Ungulhey Lavaeh veema Dho

  2. Eeku

    Milavaiga ulhey firehen fanaanaki eyruge Gina ufehdhun thakun fenmamundhiya mooneh.Sharumeel ge direction in varah ginain fenifa hunnaane

  3. މީހެއް

    maareethivegen kamah miulgheny meena meeden kaaku

  4. މީހެއް

    މަސްޙޫރު ވާން ދެންކޮންކަމެ ާޙޙޙާޙާޙާޙާޙ

    1
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ