މިއަދު ހިންގި އޮޕަރޭޝަންގައި 71 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވޭ: ފުލުހުން

މިއަދު ހިންގި އޮޕަރޭޝަންގައި ގާތްގަނޑަކަށް 71 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިމަސްތުވާތަކެތި ހުރީ 2 ގޯނީގެ އިތުރުން 2 ލަގޖެއްގައި ކަމަށެވެ. މިތަކެތި ފުލުހުން ހޯދާފައި ވަނީ ފަރީދީ މަގުގައި ހުންނަ އެފްޑީއައި ކައިރީ މަގުމަތީ ޕާކްކޮށްފައި އޮތް ކާރެއްގެ ޑިކީގެ ތެރެއިންނެވެ.

ޑްރަގް އެންފޯސް ޑިޕާޓްމަންޓުން މާލޭގައި ހިންގާ ޑްރަގުގެ މި ބޮޑު އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ފަރީދީ މަގުގައެވެ. މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އޮޕަރޭޝަނުގައި ފުލުހުން ވަނީ ސީގަލް ކެފޭ ކުރިމަތިން ފެށިގެން ފަރީދީމަގު ބަންދު ކޮށްފައެވެ. އަދި އޯކިޑް މަގުން ފަރީދީ މަގަށް ނުވަދެވޭ ގޮތަށް ވަނީ ބަންދުކޮށްފައެވެ.

މިކަމާއި ގުޅިގެން ޕޮލިސް ކޮމިޝަނާރ މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފަރީދީމަގުން ބްލޮކެއް ބަންދުކޮށްފައިވަނީ އެ ސަރަހައްދުގައި އޮތް ކާރަކުން، ރާއްޖެ ސްމަގްލް ކޮށްފައިވާކަމަށްބެލެވޭ ގިނަ އަދަދެއްގެ ނާރކޮޓިކް ޑްރަގް ފެނުމާއިގުޅިގެން ފޮރިންސިކް ތަހުގީގަށްކަމަށެވެ.

އަދި މިއޮޕަރޭޝަންގެ ތެރެއިން އެ ޑްރަގު ނެޓްވޯކުގައި ހިމެނޭ ކަމަށް ތުހުމަތުވާ 10 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާކަމަށްވެސް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ