ވެކްސިން ދިނުމުގައި ފުރަތަމަ އިސްކަން ދޭނީ ސިއްހީ ދާއިރާގެ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި 80 އަހަރުން މަތީގެ މީހުންނަށް

ކޯވެސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ލިބޭ ކޮވިޑް 19 ވެކްސިން ދޭއިރު އެންމެ ފުރަތަމަ އިސްކަމެއް ދޭނީ ސިއްހީ ދާއިރާގެ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި 80 އަހަރުން މަތީގެ މީހުންނަށް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 ވެކެސިން އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރުމަށް އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، ކޮވިޑް ވެކްސިން ލިބުމުން އެންމެ ފުރަތަމަ އިސްކަމެއް ދީގެން ވެކްސިން ދޭނީ، ސިއްހީ ދާއިރާގެ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި 80 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ.

އެގޮތުން ސީދާ އަދި ނުސީދާ ގޮތުގައި ބަލިމީހުންނަށް އެހީތެރިވާ މީހުން އަދި ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށް އެހީތެރިވާ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުން، ކުޑަކުދިން އަދި ދުވަސްވީ މީހުންނަށް ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މީހުންނަށްވެސް ވެކްސިން ދިނުމަށް ވަނީ ހަމަ ޖެހިފައެވެ.

މީގެ އިތުރުން، 50 އަހަރުން މަތީގެ މީހުންނާއި ކޯވިޑް-19 ޖެހިއްޖެނަމަ، ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށްވެސް މުހިންމު އިސްކަމެއް ދީގެން ކޮވިޑް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފްރަންޓްލައިންގައި މަސައްކަތްކުރާމީހުންނަށް ވެސް ވެކްސިން ދޭނެއެވެ. މީގެތެރޭގައި ޓީޗަރުންނާއި، ފުލުހުންނާއި ސިފައިން އަދި އެއާޕޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ