ބޯޑަރު ހުޅުވާލިފަހުން އިއްޔެގެ ނިޔަލަށް 94,543 ފަތުރުވެރިން!

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލިފަހުން އިއްޔެގެ ނިޔަލަށް 94,543 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އިން އާންމު ކޮއްފައިވާ ތަފާތު ހިސާބުތަކަށް ބަލާއިރު، މިހިނގާ ޑިސެމްބަރު މަހު އެކަނިވެސް މިއަދާއި ހަމައަށް ދުނިޔޭގެ އެކިއެކި ޤައުމުތަކުން ރާއްޖެއަށް 18,402 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ކޮވިޑް-19އަށް ފަހު ރާއްޖޭގެ ބޮޑަރު ހުޅުވާލިފަހުން ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެގޮތުން ރަޝިއަން ފެޑަރޭޝަން އިން ވަނީ 20,264 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ.

އަދި އިންޑިއާ ދެވަނާގައި އޮތްއިރު އެޤައުމުން މިހާތަނަށް 13,801 ފަތުރުވެރިން ރާއްޖެއަށްވަނީ ޒިޔާރަތްކޮށްފައެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ޔުނައިޓެޑް ކިންގްޑަމްއިންނެވެ. އެޤައުމުން 8,200 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ މާރިޗު 27 ވަނަ ދުވަހުއެވެ. އަދި ބަންދުކޮށްފައި އޮތުމަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލީ ޖުލައި މަހުގެ 15 ގައެވެ.

ޓޫރިޒަމްއަކީ ރާއްޖެއިން ވަރަށް ބޮޑަށް ބަރޯސާވާ އިންޑަސްޓްރީއަކަށްވާއިރު، ކޮވިޑް-19 ގެ ސަބަބުން މިއިންޑަސްޓްރީއަށް ކުރި ނޭދެވޭ އަޞަރާއެކު ރާއްޖޭގެ އިޤްތިޞާދަށްވެސްވަނީ ކޮށްފައެވެ. މީގެއިތުުރުން އެތައް ބައެއްގެ ވަޒީފާއަށް އަސަރު ކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ޓުއަރިސްޓުންގެ އަދަދު މަހުން މަހަށް އިތުރުވަމުން އަންނައިރު، މިއީ ދިވެހިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. ނަމަވެސް ކޮވިޑްގެ އަސަރުއަދިވެސް މިރާއްޖެއިން އަދި ދުނިޔެއިންވެސް ފިލައިގެން ގޮސްފައިނުވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދެވަނަ ފަހަރަށް މިފަދަ ޙާލަތަކަށް ނުގޮސްވޭތޯ މިއަދު ހުރިހާ ރައްޔިތުންވެސް މިވަނީ މަސައްކަތް ކުރަން ޖެހިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ