ލޭގައި ގޭގެއިން ކުނި ނެރެން ޖެހޭ ވަގުތު ރޭގަނޑަށް ބަދަލުކުރަން ނިންމާފައިވާކަމަށް މާލޭ ސިޓީގެ މޭޔަރ ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މީީޑިއާ ޕީއެސްއެމްއަށް މައުލޫމާތުދެމުން ޝިފާ ވިދާޅުވީ، ކުނިކޮތަޅުތައް މުޅި ދުވަހު މަގުތައް މަތީ ހުންނަ ހުރުން ނިމުމަކަށް ގެނައުމަށް ގޭގެއިން ކުނި ނެރެން ޖެހޭ ގަޑި ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ގޭގެއިން ކުނި ނެރެން ކަނޑައަޅާ އާ ގަޑިއަކީ ރޭގަނޑު 10 ކުން 12 އަށްކަމަށްވެސް ޝިފާ ވިދާޅުވިއެވެ. ޝިފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުނި ކޮތަޅުތައް މަގުތަކުގައި މުޅި ދުވަހު އޮންނަ އޮތުން ބަދަލުކޮށް ފަތިސް ނަމާދަށް މަގުތައް ސާފުކޮށް ބޭއްވުމަށް މާލޭ ކައުންސިލާއި ވެމްކޯއިން ތައްޔާރުވަމުންދާކަމަށެވެ.
Kuni kothalhu thah maguthakugaa mulhi dhuvahu onna othun badhal koh fathis vaguthah maguthah saafkoh behvumah council aai wamco thahyaaru vani . @MaleCitymv. https://t.co/Up6fOT4AeA
— Shifa Mohammed???? (@SifaMohammed) December 11, 2020
ނަމަވެސް އެ ނިންމުމަށް އަމަލު ކުރަން ފަށާނެ ވަކި ތާރީޚެއް ޝިފާ ވިދާޅެއް ނުވެއެވެ. ކޮވިޑް-19 މާލޭގައި ފެތުރެން ފެށިފަހުން ކުނިތައް ނެރެން ކަނޑައަޅާފައިވާ ގަޑިއަކީ މެންދުރު 12:00 އިން 14:00 އަށެވެ. މިގަޑިތަކުގައި ކުނި ނެރެފައި ބަހައްޓަން ޖެހެނީ މަގުމަތީގައެވެ. ނަމަވެސް އެ ގަޑިތަކުގައި ބޭރަށް ނެރޭ ކުނި ބަލާ ނައިސް ބައެއް ފަހަރު ވަރަށް ގިނައިރުވެއެވެ. އަދި މިކަމުގެ ސަބަބުން މަގުތައް ހަޑިވެ އެކި ކަހަލަ އުނދަގޫތަކާއި ކުރިމަތިވާތީ އާންމުންވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.




