މޫދަށް ވެއްޓުނު ކާރު ނަގަނީ : ފޮޓޯ - ސޯޝަލް މީޑިއާ

ކޮންޓްރޯލް ނުވެ ގޮސް ފުވައްމުލަކު ބަނދަރަށް ކާރެއް ވެއްޓިއްޖެ

ސްޓަންޓް ޖައްސަން އުޅެނިކޮށް ކޮންޓްރޯލް ނުވެ ގޮސް ފުވައްމުލަކު ބަނދަރަށް ކާރެއް ވެއްޓިއްޖެއެވެ.

ކާރު މޫދަށް ވެއްޓިފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި އައިސް ބުރެއް ޖަހާލަން އުޅެނިކޮ ބުރު ހަމަވާގޮތްނުވެ ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުންނެވެ.

މޫދަށް ވެއްޓުނު ކާރު ކްރޭނެއްގެ އެހީގައި މިހާރު ވަނީ ނަގާފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މި މަހުގެ 10 ވަނަ ދުވަހު މާލެ ރޯ މަސް މާރުކޭޓް ސަރަހައްދު މޫދަށްވެސް ޕިކަޕެއް ވަނީ ވެއްޓިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ