ހއ.ހޯރަފުށީ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ ފަސް ފޮށި ސިނގިރޭޓް ވަގަށް ނަގައިފިއެވެ.
ފުލުހުން ވިދާޅުވީ، ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ ސިނގިރެޓް ފޮށިތައް ވަގަށް ނަގާފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައި ކަމަށެވެ.
މި ވައްކަމާ ގުޅިގެން ހޯރަފުށީ ޕޮލިސް ސްޓޭޝަނުން ކުރި ތަޙްޤީޤުން ވަގަށް ނެގި ތަކެއްޗާއެކު ތުހުމަތު ކުރެވޭ ފަރާތް މިއަދު ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިފަދަ ކުދިކުދި ވައްކަންތަކާއި ކުދިކުދި ކުށްތައް ކުރާ މީހުން ހައްޔަރު ކުރެވުނު ނަމަވެސް ބޮޑެތި ކުށްތައް ކޮށް ބޮޑެތި ވައްކަންތައް ކުރާ މީހުން ހައްޔަރު ނުކުރެވޭތީ ވަރަށް ގިނައިން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެއެވެ.
މީގެ ކުރިން ރިހާކުރު ފުޅިއާއި، ސެންޓްފުޅި ވަގަށް ނެގި މީހުންނަށްވެސް ވައްކަމުގެ ކުށް ސާބިތުވެ ހުކުމް އިއްވާފައި އެބަހުއްޓެވެ.
ހިޔާލު
ފުލުހުން ބުނާނި، ވިދާޅޫވާނީ މީހުން. އިދާރާ ތަކުން ބުނާނީ ނޫނީ ހާމަކުރާނީ.
ކޮމެންޓް ކުރުން ބަންދު