ގަލްފު އެއަރގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

ކޮވިޑްގެ ހާލަތަށް ފަހު އަނެއްކާވެސް، ބަހްރެއިންގެ ޤައުމީ އެއަރލައިން، ގަލްފު އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ.

ގަލްފް އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށާފައިވަނީ މިއަދުއެވެ. މި ދަތުރުތައް ކުރާނީ ބަހްރެއިން އިންޓަނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

ގަލްފް އެއަރގެ ދަތުރުތައް ހަފްތާއަކު 2 ދުވަހު ރާއްޖެއަށް ބާއްވާނެއެވެ. ގަލްފް އެއަރ އިން ބުނީ ރާއްޖެއަކީ އެ އެއަރލައިނަށް މުޙިއްމު މަންޒިލެއްކަމަށެވެ. އަދި އެ އެއަރލައިނުން އުދުހުންތައް ބާއްވާ އިންޑިއާ ކަނޑުގެ މަންޒިލްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަންޒިލަކީވެސް ރާއްޖެކަމަށް ގަލްފް އެއަރއިން ހާމަކުރެއެވެ.

ކޮވިޑްގެ ހާލަތަށް ފަހު ރާއްޖެއަށް މިހާރު ގާތްގަނޑަކަށް 20 އެއާލައިނުން ދަތުރުތައް ކުރެ އެވެ. ޕީކް ސީޒަނާއި ދިމާކޮށް ރާއްޖެއަށް ޑިމާންޑް ބޮޑުވެ، އެހެން ބައެއް އެއާލައިންތަކުގެ ދަތުރުތައް ވެސް ވަނީ އިތުރުކޮށްފަ އެވެ.

އެގޮތުން އެމިރޭޓްސް އިން ދުވާލަކު ތިން ދަތުރުކުރާ އިރު ސްރީލަންކަން އެއާލައިންސް އިން ވަނީ ލަންޑަނާއި ރާއްޖެއާ ދެމެދު ދަތުރުތައް ފަށައިފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ