ފަހު ހާފުގައި ޖެހި ތިންލަނޑާއެކު އިންޓަރމިލާނަށް މޮޅެއް

ފަހު ހާފުގައި ޖެހި ތިންލަނޑާއެކު ކަގްލިއަރީގެ މައްޗަށް އިންޓަރމިލާން އިން ކުރި ހޯދައިފިއެވެ.

އިޓާލިއަން ސެރީއާގައި މިއަދު ކުޅެވުނު މިމެޗު އިންޓަރމިލާނުން ކާމިޔާބުކޮށްފައިވަނީ 1-3 ގެ ނަތީޖާ އަކުންނެވެ.

މެޗުގައި އިންޓަރމިލާނުން ގިނަ ހަމަލާތަކެއް އުފައްދައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނަޓަށް ވެފައި ވަނިކޮށް ކަގްލިއަރީގެ ރިކާޑޯ ސޮއްޓިލް މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނަގައިދިނީ ގޯލްގެ އަރިމަތިން ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑަކުންނެވެ.

މިނަތީޖާއާއެކު ކަގްލިއަރީން ލީޑުނަގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް، އިންޓަރމިލާނުންވަނީ މެޗުގެ ދެވަނަ ހާފުގައި ނަތީޖާ އަނބުރާލާފައެވެ. އެގޮތުން އިންޓަރމިލާނުން ޖެހި ތިން ލަނޑުވެސް މެޗުގެ ދެވަނަ ހާފުގައި ޖަހާފައިވާއިރު، އެލަނޑުތައް ފެނިގެންގޮސްފައިވަނީ މެޗުގެ 77، އަދި 84 ގެ އިތުރުން 94 ވަނަ މިނަޓްގައެވެ. އިންޓަރމިލާންގެ ލަނޑުތައް ޖަހާދީފައިވަނީ ބަރެއްލާއާއި އަމްބްރޯސިއޯގެ އިތުރުން ލުކާކޫއެވެ.

މިމޮޅާއެކު އިންޓަރއިން ތާވަލްގެ ދެވަނާގައި އޮތީ 11 މެޗުން ލިބުނު 24 ޕޮއިންޓައެކުގައެވެ. ދެ ޕޮއިންޓުގެ ލީޑެއްގައި އޭސީ މިލާން އެއްވަނާގައި އޮތީ އެއްމެޗު މަދުން ކުޅެގެންނެވެ. އޭސީ މިލާނުން މިރޭ ޕާމާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ލީޑު ކުރިން އޮތް ފަރަގަށް ގެންދިއުމުގެ ފުރުޞަތު އެބައޮތެވެ. ސެންސީރޯގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗު ފަށާނީ މިރޭ 00:45 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ