މާލޭ އޭރިއާގެ ހޮޓާތަކާއި ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ މާދަމާއިން ފެށިގެން ދެނީ

މާލޭ އޭރިއާގައި ފަތުރުވެރިންނަށް ހާއްސަ ގެސްޓްހައުސްތަކާއި ހޮޓާތައް ހުޅުވުމުގެ ހުއްދަ ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާދަމާއިން ފެށިގެން ދޭނެކަމަށް އެ އެޖެންސީއިން ބުނެފިއެވެ.

ފަތުރުވެރިންނަށް ހާއްސަ ގެސްޓްހައުސްތަކާއި ހޮޓާތައް މާލޭ އޭރިއާގައި ހުޅުވުމުގެ ހުއްދަ އެޗްޕީއޭ އިން ދިނުމަށް ހަމަޖެހިފައިވަނީ ހާއްސަ ގައިޑުލައިނަކާއެކުއެވެ. މި ގައިޑުލައިން އެޗްޕީއޭ އިން މިރޭވަނީ އިއުލާން ކޮށްފައެވެ.

މިރޭ އާމުކުރި ގައިޑުލައިނުގައި ބުނެފައިވާގޮތުން ހޮޓާ އަދި ގެސްޓްހައުސްތަކުގައި ތިބެވޭނީ ފަސް ބާވަތެއްގެ މީހުންނަށެވެ. މި ފަސްބާވަތުގެ މީހުންނަކީ، ޓްރާންސިޓް ފަތުރުވެރިން ނުވަތަ ރެގިއުލާކޮށް މަޑުކޮށްލާ ފަތުރުވެރިން، ގޭގައި ފުރަބަންދު ކަރަންޓީން ވެވޭނެގޮތް ނެއް ދިވެހިން، ފުރަބަންދު ކަރަންޓީނަށް ނުވަތަ ރެގިއުލާކޮށް މަޑުކޮށްލާ ވޯކް ވިސާ އޮންނަ ބޭރުގެ ފަރާތްތައް، ޑިޕްލޮމެޓިކް، ބިޒުނަސް، ނުވަތަ ހާއްސަ އެހެން ވިސާއެއްގައި ހުއްނަ ބޭރުމީހުން، އަދި އަތޮޅުތެރޭ ރައްތަކުން މާލެއަށް އެކިބޭނުންތަކުގަ އައްނަ ދިވެހިންނެވެ.

ފަތުރުވެރިންނަށް ހާއްސަ ގެސްޓްހައުސްތަކާއި ހޮޓާތައް ހުޅުވުމުގެ ހުއްދަ އެޗްޕީއޭ އިން ދީފައިވާއިރު ޓުއަރިޒަމް މިނިސްޓްރީއަށާއި އަދި ގެސްޓްހައުސްތަކާއި ހޮޓާތައް ކުރުމަށް ހާއްސަ ކަންތައްތަކެއްވެސް ގައިޑުލައިނުގައި ފާހަގަ ކޮށްފައި ވެއެވެ.

ގެސްޓްހައުސްތަކާއި ހޮޓާތައް ފަތުރުވެރިންނަށް ހުޅުވުމުގެ ހުއްދަ އެޗްޕީއޭ އިން ދީފައިމިވަނީ ސެޕްޓެމްބަރުމަހުގެ މެދުތެރެއިން ފެށިގެން ކޮވިޑް-19 އަށް ޕޮޒިޓިވުވާ މީހުންގެ އަދަދު މަދުވާން ފަށައިފައި ވަނިކޮށެވެ. މިގޮތުން ސާމްޕަލް ކޮވިޑް-19 އަށް ޕޮޒިޓިވުވާ ރޭޓް ހުރީ ފަސް އިންސައްތައަށްވުރެ ދަށުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ