ރާއްޖެ ދޫކޮށް ފިލަން މަސައްކަތެއް ނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކުު ވިދާޅު ވެއްޖެއެވެ.
އެގޮތުން މިއަދު ކުރެއްވި ޓްވީޓެއްގައި ނިހާން ވިދާޅުވީ، އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ ފުރަން އެއަރޕޯޓަށް ގޮސް ހުއްޓާކަމަށް ބައެއް ނޫސްތަކުގައި ލިޔެފައިވީަނމަވެސް އެއީ އެއްވެސް ހަޤީޤަތެއްނެތް ވާހަކަތަކެއްކަމަށެވެ. ނަމަވެސް ދަރިފުޅުގެ ޓިކެޓެއް ޑޭޓް އެކްސްޓެންޑް ކުރަން އިއްޔެ މެންދުރު ޤަތަރު އެއަރލައިން އޮފީހަށް ދިޔަކަމަށްވެސް ނިހާން ވިދާޅުވިއެވެ.
މީގެއިތުރުން ވިދާޅުވީ، 2020 ވަނަ އަހަރުގެ ފަހުން ރާއްޖެއިން ބޭރުގެ އެއްވެސް ތާކަށް ދާން ހިތަށްވެސް ނާރުވާކަމަށާއި، އެއްވެސް އެއަރލައިންއަކުން 2020 ވަނަ އަހަރު ރިޒަވޭޝަންއެއްވެސް ހައްދާފައި ނުވާނެކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކުުގެ ޕާސްޕޯޓް ހިފަހައްޓައިފައިވާކަމަށް ފުލުހުން މިއަދު ވިދާޅުވެފައިވާއިރު ނިހާން ވިދާޅުވީ އޭނާގެ ޕާސްޕޯޓް ސަރުކާރުން ހިފަހައްޓާފައިވަނީ ފްރޭމްކޮށް އަގުވައްޓާލުމުގެ ބޭނުމުގައި ކަމަށެވެ.
އަޅުގަނޑުގެ ޕާސްޕޯޓް ހިފެހެއްޓީ ފުރަން އެއަރޕޯޓަށް ގޮސް ހުއްޓާކަމަށް ބައެއް ނޫސްތަކުގައި ލިޔަމުންދަނީ އެއްވެސް ހަޤީޤަތެއް ނެތިއެވެ. އަޅުގަނޑުގެ ދަރިފުޅުގެ ޓިކެޓެއް ޑޭޓް އެކްސްޓެންޑް ކުރަން އިއްޔެ މެންދުރު ޤަތަރު އެއަރލައިން އޮފީހަށް ދިޔުމުން އަޅުގަނޑު ފިލަން އުޅުނުކަމަށް މިވީ! ????
— Ahmed Nihan (@ahmed_nihan) December 15, 2020
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ނިހާންގެ އަތެއް ވާކަމަށް ޝައްކުވާތީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ ނިހާން ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުވެސް ކުރައްވައިފައެވެ.
https://feshun.wonstasite.com/105530



