މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާންގެ މައްޗަށް ދައުވާ އުފުލަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
މީީޑިއާ ތަކަށް މައުލޫމާތުދެމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، އޭނާގެ މައްޗަށް ދައުރވާ ކުރަން އެ އޮފީހަށް ފޮނުވީ މީގެ ދެ ދުވަސް ކުރިން ކަމަށެވެ.
މި މައްސަލައިގައި ކުރީގެ ސަރުކާރާއި މި ސަރުކާރުގެ ވެސް އިސް ބޭފުޅުންނާއި ބައެއް މަޖިލިސް މެމްބަރުންގެ މައްޗަށް ވެސް ތުހުމަތުކޮށްފައިވާއިރު، ކުރީގެ ސަރުކާރުގެ އިސްކޮށް ތިއްބެވި 30 ބޭފުޅުންނާއި، މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅުންގެ މައްޗަށް މި މައްސަލައިގައި ތުހުމަތު ކުރެއެވެ.
މީގެއިތުރުންވެސް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރަކާއި މިހާރުގެ 16 މެމްބަރުންގެ އިތުރަށް ފަސް ފަނޑިޔާރެއްގެ މައްޗަށް ވެސް ތުހުމަތު ކުރެއެވެ.
މިމައްސަލައާއި ގުޅިގެން ނިހާންގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު، ރާއްޖެ ދޫކޮށް ފިލަން މަސައްކަތް ނުކުރާކަމަށް ނިހާންވަނީ ވިދާޅުވެފައެވެ.
ބޮޑު ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް ހުކުމްކޮށްފައި ވަނީ ތިންް މީހެއްގެ މައްޗަށެވެ. އެއީ ކުރީގެ ނައިބުރައީސް އަހުމަދު އަދީބައި ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ އިތުރުން ހިޔާނާތް ހިންގި ދުވަސްވަރު އެމްއެމްޕީއާރުސީގެ އެމްޑީ އަބްދުﷲ ޒިޔަތެވެ.
https://feshun.wonstasite.com/105530
https://feshun.wonstasite.com/105540



