އަންނަ އަހަރު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓް ކަރުދާހުގެ ކޮލިޓީ ދައްކުރުމާއި ދެކޮޅު ކަމުގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ޝުޖާޢު ވިދާޅުވީ ވޯޓް ކަރުދާހުގެ ސެކިޔުރިޓީ ފީޗަރސް ވަރުގަދަ ވާންޖެހޭކަމަށާއި އަދި އެމްޑީޕީ މެންބަރުން ޑަބަލް ކަރުދާސް ވޯޓްލާމަރުކަޒަން ވެއްދުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ދީގެން ނުވާނެކަމަށެވެ.
"ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓް ކަރުދާހުގެ ކޮލިޓީ ދައްކުރުމަށް އަޅުގަނޑުމެން ދެކޮޅު" ޝުޖާއު ވިދާޅުވެފައިވެއެވެ.
ޝުޖާޢު ވަނީ ރައްޔިތުން ތިއްބެވީ ހޭލާ ކަމަށްވެސް ވިދާޅުވެފައެވެ.
Local Council Inthihaabuge Vote Karudhaahuge Quality Dhakkurumah Alhugandumen https://t.co/tkogbv17yu Karudhaahuge Security features Varugadha vaan jehey.MDP Membarun Double Karudhaas Vote laa marukazah vedhumuge Furusathu EC Dheegen nuvaane.Rayyithun Thibevvee Heylaa. EC????????
— Ibrahim Shujau ???? (@shuja3831) December 16, 2020
މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކޮވިޑްއާއި ހެދި ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. މި އިންތިޚާބު އަންނަ އަހަރުގެ މާރޗް މަހު 6 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށް އެކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.
ޝަރީފް ވިދާޅުވެފައި ވަނީ އިންތިހާބު ބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގެ ހުއްދަ އަދިވެސް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އަންނަ ހަފްތާގައި ހުއްދަ ލިބޭނެކަމަށް އުންމީދުކުރާކަމުގައި ޝަރީފް ވަނީ ވިދާޅުވެފައެވެ. ޝަރީފް ވިދާޅުވެފައި ވަނީ ހުއްދަ ލިބުމާއެކު ވޯޓަށް ތައްޔާރުވާން ފަށާނެ ކަމަށެވެ.



