ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަޤާމަށް މުޙައްމަދު ޠަލާލް ހަމަޖައްސައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަޤާމަށް މުޙައްމަދު ޠަލާލް ހަމަޖައްސައިފިއެވެ.

މި މަޤާމަށް ޠަލާލް ހަމަޖެއްސީ ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުންނެވެ. ޠަލާލްވަނީ މީގެ ކުރިން ވެސް ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަޤާމް އަދާކުރައްވާފައެވެ. އެގޮތުން އޭޕްރީލް 2014 އިން ޖުލައި 2016އަށް ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަޤާމް އަދާކުރައްވާފައިވެއެވެ. ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަޤާމަށް ޠަލާލް ހަމަޖައްސަވާފައިވަނީ މިހާރުވެސް އަދާކު) އަދާކުރައްވަމުން ގެންދަވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސެކެޓްރީ ނެރަލް ކަމުގެ މަޤާމުގައި ދެމިހުންނަވާ ގޮތަށެވެ.

ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަޤާމް ހުސްވީ ކުރިން އެމަޤާމްގައި ހުންނެވި މުޙައްމަދު ޝަކީލް އަމިއްލަ ބޭނުމަކަށް ވަގުތު ދެއްވަން ޖެހިވަޑައިގަތުމާ ގުޅިގެން އެމަޤާމުން އިސްތިޢުފާ ދެއްވުމުން އެމަޤާމުން އިސްތިއުފާ ދެއްވިޔަސް ޝަކީލް ހުންނަވާނީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައެވެ. މިފުރުސަތުގައި ސެކެޓްރީ ޖެނެރަލްގެ މަޤާމްގައި މުޙައްމަދު ޝަކީލް މި ޕާޓީއަށް ކޮށްދެއްވި އަގުހުރި ޚިދުމަތަށް ނުހަނު އިޚްލާޞްތެރި ކަމާއެކު ޝުކުރު ދަންނަވަމެވެ.

ޚަބަރު: ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ