"އަމިއްލަ ފަރާތްތަކުން ދިފާއީ ބާރުތަކަށް ހަރަދުކުރުުން ބަލައެއް ނުގަނެވޭ"

އަމިއްލަ ފަރާތްތަކުން ދިފާއީ ބާރުތަކަށް ޚަރަދު ކުރުން ބަލައިގަންނަން ދަތިކަމުގައި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދަޢުލަތުން އިޖްތިމާޢީ ޚިދުމަތް ދޭ ތަންތަނަށާއި ޞަދަގާތް ފަންޑަށް އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީ ވަރަށް މުހިންމު ކަމަށެވެ. ނަމަވެސް ޑިފެންސް ސެކްޓަރގެ އެންމެހާ ކަންކަން ބަލަހައްޓަންވާނީ ދަޢުލަތުގެ ބަޖެޓުން ކަމުގައި ދިޔާނާ ވަނީ ވިދާޅުވެފައެވެ.

"ޕްރައިވެޓް ޑޮނޭޝަންސް އިން ޑިފެންސް ސެކްޓަރ އަށް ޚަރަދު ކުރުން ބަލައިގަންނަން ދަތި" ދިޔާނާ ސައީދު ވިދާޅުވިއެވެ.

ދިޔާނާ މިހެން ވިދާޅުވެފައި މިވަނީ ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ އަމިއްލަ ޚަރަދުގައި ޅ. މާފިލާފުށީގައި އެގްޒެކެޓިވް ބްލޮކެއް އިމާރާތްކުރުމަށް ބިންގާ އެޅުމާއި ގުޅިގެންނެވެ.

އިއްޔެ ބިންގާ އެޅުއްވި ހަ ކޮޓަރީގެ ބްލޮކް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި އުއްޗު އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ