ފްރާންސް ގެ ރައީސް އެމެނުއަލް މެކްރޮން ކޮވިޑް-19 އަށް ޕޮސިޓިވްވެއްޖެއެވެ.
އެމެނުއަލް މެކްރޮން ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވާކަން ހާމަކޮށްފައިވަނީ މިއަދުއެވެ.
ފްރާންސް ގެ ރައީސް އެމެނުއަލް މެކްރޮން ކޮވިޑް -19 އަށް ޕޮސިޓިވް ވެފައިވާއިރު ފަރަންސޭސިވިލާތުގެ ކުރީގެ ރައީސެއްކަމަށްވާ ވެލަރީ ޖިސްކާޑެސްޓާން ކޮވިޑް-19ގެ ޖެހިގެން ފަރުވާ ދެމުންދަނިކޮށް ވަނީ އަވަހާރަވެފައެވެ.
ކޮވިޑް-19 ގެ އަލާމާތެއް ފެނުމާާއެކު ރައީސް އެމެނުއަލް މެކްރޮން ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވާކަމަށާއި، އަދި ޓެސްޓްގެ ނަތީޖާ ޕޮސިޓިވް ވުމުން 7 ދުވަސްވަންދެން އައިސޮލޭޝަންގައި ހުންނަވާނެކަމަށް ރިޕޯޓްތައް ބުނެއެވެ.
ރައީސް މެކްރޮންގެ ދެން މަސައްކަތްތައް ކުރިއަށްގެންދަވާނީ ގޭގައި ހުންނަވައިގެން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އޮކްޓޯބަރ މަހު ދެވަނަ ފަހަރަށް ފްރާން ލޮޚްޑައުން ކުރުމަށްފަހު ރައީސް މެކްރޮން ބުނެފައިވަނީ ގައުމު މިއޮތީ ދެވަނަ ރާޅަކާއި ކުރިމަތިލާން ޖެހިފައިކަމަށާއި ދެވަނަ ރާޅުގެ ގެއްލުން ބޮޑުވާނެކަމަށެވެ.
ކޮވިޑް 19 ގައި މަރުވާމީހުންގެ އަދަދުވެސް ވަނީ ފްރާންސްގައި އިތުރުވާނަފަށާފައެވެ. އެގޮތުން މިހާތަނަށް 59,361 މީހުން ފްރާންސްގައި ވަނީ މަރުވެފައެވެ.
ފްރާންސް އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 2 މިލިއަނަށް ވުރެ ގިނަވެފައެވެ.



