ފޮޓޯ: ކުޑަކުދިންގެ ހިޔާ

ކުޑަކުދިންގެ ހިޔާގައި ހަމަނުޖެހުމެއް ނުހިނގާ: ޖެންޑަރ

ކުޑަކުދިންގެ ހިޔާގައި ކުޑަކުދިންތަކެއް ހަމަނުޖެހުންތަކެއް ހިންގާފައި ނުވާކަމުގައި ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް އިން ވިދާޅުވެއްޖެއެވެ.

2020 ޑިސެންބަރު 17 ވަނަ ދުވަހު މީސް މީޑިއާގައި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހިނގާދިޔަ
ހާދިސާއެއްގެ ވާހަކަ ދައުރުވަމުންދިއުމާއި ގުޅިގެން އެ ސަރވިސް އިން ވިދާޅުވެފައި ވަނީ ކުޑަކުދިންގެ ހިޔާގައި ކުޑަކުދިންތަކެއް ހަމަނުޖެހުންތަކެއް ހިންގައި ކުޑަކުދިންގެ ހިޔާގެ ކެއަރ ވަރކަރއެއްގެ ގައިގައި އަލިފާން ރޯކޮށްލާފައިވާކަމަށް ބަޔާންކޮށް މީސް މީޑިއާގައި ދައުރުކުރުވަމުންދަނީ ދޮގު ވާހަކަތަކެއްކަމަށެވެ.

ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު)ގެ 10 ވަނަ މާއްދާގެ (ހ)ގައި
ކުއްޖާ ހެދި ބޮޑުވުމަށް ބެނުންވާ ރައްކާތެރިކަމާއި އަޅާލުން، ކުއްޖާގެ ބެލެނިވެރިންގެ ފަރާތުންނާއި ކުއްޖާގެ ޢާއިލާގެ
ފަރާތުންނާއި، މުޖުތަމަޢުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ލިބުމަކީ ކޮންމެ ކުއްޖަކަށް ލިބިގެންވާ ޙައްޤެއްކަމުގައި
އެ ސަރވިސް އިން ވަނީ ފާހަގަ ކޮށްފައެވެ.

މީގެއިތުރުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގައި ކުޑަކުދިންގެ ޙައްޤުތަކަށް
އުނިކަން ލިބޭ ގޮތަށް ވާހަކަދެއްކުމާއި، އެކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭފަދަ ކަންކަމަށް ހިއްވަރު ދިނުމަކީ މަނާކަމެއް
ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

މިފަދައިން އެއްވެސް ފަރާތަކުން ޢަމަލުކޮށްފިނަމަ، އެކަން ތަހުޤީޤުކޮށް އެކަމުގެ ކުޑަ ބޮޑުމިނަށްބަލާ، ކުޑަކުދިންގެ ކަރާމާތައް ގެއްލުންވާފަދަ މަޢުލޫމާތު، މީސް މީޑިއާގައި އާންމުކުރާނަމަ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުގެ 53 ވަނަ މާއްދާއިން ޖެންޑަރ ނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ފިޔަވަޅުއަޅާނެ ކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ