ލިބުނު އަނިޔާއަކާއެކު ކޮޕާ އެމެރިކާ ގެއްލިފައިވާ ބްރެޒިލްގެ ތަރި ނޭމާގެ ބަދަލުގައި ވިލިއަން ބްރެޒިލް ގައުމީ ޓީމުގައި ހިމަނަން އެޓީމުން ނިންމައިފިއެވެ.
ނޭމާއަށް އަނިޔާވެފައިވަނީ ބުދަދުވަހު ގަތަރާއި ދެކޮޅަށް ކުޅުނު ރަޙްމަތްތެރިކަމުގެ މެޗުގައެވެ. އެމެޗުގައި ނޭމާގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން މިމަހު ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕާ އެމެެރިކާ ނޭމާއަށް ގެއްލިފައިވާކަން ބްރެޒިލް ފުޓުބޯޅަ ފެޑެރޭޝަނުންވެސްވަނީ ޔަޤީންކޮށްދީފައެވެ.
ނޭމާގެ ބަދަލުގައި ބްރެޒިލް ޓީމަށް ގެންނާނެކަމަށް ކުރިން ލަފާކުރެވިފައިއޮތީ ޓޮޓޭންހާމްއަށް ކުޅެމުން އަންނަ ލޫކަސް މޯރާ ނުވަތަ ރެއަލްމެޑްރިޑަށް ކުޅެމުން އަންނަ ވިނިޝިއަސް ޖޫނިއާއެވެ.
" ކުރިއަށްއޮތް ކޮޕާ އެމެރިކާ 2019 ގައި، ނޭމާގެ ބަދަލުގައި ބްރެޒިލް ގައުމީ ޓީމުން ފެނިގެންދާނީ ޗެލްސީއަށް ކުޅެމުން އަންނަ ވިލިއަން “ ހުކުރު ދުވަހު ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައި ވެއެވެ.
Willian está convocado para a #SeleçãoBrasileira que disputará a Copa América. ??⚽
— CBF Futebol (@CBF_Futebol) June 7, 2019
Ele ocupará a vaga de Neymar Jr., desconvocado após amistoso contra o Catar.
Saiba mais >> https://t.co/JIXrxTdE6h pic.twitter.com/AKwQkUgT3T
އުމުރުން 30 އަހަރުގެ ވިލިއަންއަށް ގައުމީ ޓީމުން ފުރުޞަތު ލިބުނުއިރު ޗުއްޓީ ހޭދަކުރުމަށް ހުރީ އިސްރާޢީލްގައެވެ.
2011 ނޮވެމްބަރުގައި ބްރެޒިލް ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ފެނިގެންދިޔަ ވިލިއަން، ބްރެޒިލްއަށް 65 މެޗު ކުޅެދީ 8 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ. އަދި ބްރެޒިލްއަށް ދެ ވޯލްޑްކަޕުވެސް ކުޅެދީފައިވެއެެވެ.
ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާ 2019 ކުރިއަށްދާނީ މިމަހުގެ 15 ން އަންނަމަހުގެ 8 ގެ ނިޔަލަށެވެ. ބްރެޒިލްއާއެކު ގްރޫޕް އޭ ގައި ދެން ހިމެނެނީ ބޮލީވިއާ، ވެނެޒުއޭލާ އަދި ޕެރޫއެވެ.




