ރަހީނުކުރި ނައިޖީރިއާގެ ސްކޫލް ދަރިވަރުންތައް ދޫކޮށްލައިފި

މީގެ ހަފްތާއެއްހާ ދުވަސްކުރިން ހަތިޔާރުއެޅި ބަޔަކު ނައިޖީރިއާ ސްކޫލަކަށް ހަމަލާދީ ރަހީނުކުރި އެ ސްކޫލްގެ އެތައް ސަތޭކަ ކިޔަވާކުދިން މިއަދު ދޫކޮށްލައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި ހަތިޔާރުއެޅި މިމީހުންވަނީ ފިރެހެން ކުދިންނަށް ހާއްސަކޮށް ކިޔަވައިދޭ މި ސްކޫލުން 300 އަށްވުރެ ގިނަ ކިޔަވާކުދިން ރަހީނުކޮށްފައެވެ. މި ހުރިހާ ކުދިންވެސް މިއަދުވަނީ ދޫކޮށްލައިފައެވެ.

ހަތިޔާރުއެޅި މީހުން ހަމަލާދިން ސްކޫލަކީ ނައިޖީރިއާގެ ހުޅަނގު އުތުރުގެ ސްޓޭޓެއް ކަމަށްވާ ކަޓްސީނާ ސްޓޭޓުގެ ކަންކަރާ ޓައުނުގައި ސާނަވީއަށް ކިޔަވައިދޭ ސްކޫލެކެވެ. މި ހަމަލާގެ ޒިންމާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ބޯކޯހަރަމްއިން އުފުލި ނަމަވެސް ރަސްމީ ފަރާތްތަކުން ގަބޫލުކުރަނީ މިއީ އެސަރަހައްދުގެ ގޭންގަކުން ފައިސާ ހޯދުމަށް ކުރިކަމެއްގެ ގޮތުގައެވެ.

ނައިޖީރިއާ ސަރުކާރުން ބުނެފައިވަނީ މުޅި ޖުމްލަ 344 ކުދިން މިނިވަން ކުރެވިފައިވާ ކަމަށާއި މިކުދިން މިނިވަން ކުރުމަށް އެއްވެސް ފައިސާއެއް އެކުދިން ރަހީނުކުރި މީހުންނަށް ދައްކައިފައި ނުވާނެ ކަމަށެވެ. ނަމަވެސް ތިން ބުރެއްގެ މަތިން ރަހީނުކުރި މީހުންނާއި ވާހަކަދައްކައިފައި ވާނެކަމަށްވެސް ސަރުކާރުން މައުލޫމާތު ދެއެވެ.

ނައިޖީރިއާގައި ދޭތެރެ ދޭތެރެއިން ސްކޫލްތަކަށް އަމާޒުކޮށް ހަމަލާތައް ދެއެވެ. ގިނަފަހަރަށް މިފަދަ ހަމަލާތައް ދެނީ ހަނގުރާމަވެރި ގުރޫޕެއް ކަމަށްވާ ބޯކޯހަރަމް އިންނެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބޯކޯހަރަމްއަކީ ހުޅަނގުގެ ތައުލީމީ ފަލްސަފާއާއި ދެކޮޅު ބަޔެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ