ނައިޖީރިއާގައި ޓުވިޓާ ބޭނުންކުރުން މަނާކޮށްފި

ނައިޖީރިއާ ސަރުކާރުން އެގައުމުގައި މީސްމީޑިއާ ވެބްސައިޓް ޓުވިޓާ ބޭނުންކުރުން މަނާކޮށްފިއެވެ.

ޓުވިޓާ ބޭނުންކުރުން ނައިޖީރިއާގައި ވަކިމުއްދަތެއް ނެއްގޮތަށް މަނާކޮށްފައި މިވަނީ، ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ ކުރެއްވި ޓުވީޓެއް ޓުވިޓާއިން ފޮހެލައިފައި ވަނިކޮށެވެ.

ރައީސް ބުހާރީގެ ޓުވީޓު ފޮހެލުމަށްފަހު އެކުންފުނިން ބުނެފައިވަނީ ޓުވީޓު ފޮހެލައިފައިވަނީ ޓުވިޓާގެ ގަވާއިދުތަކާއި ހިލާފު ޓުވީޓަކަށް ވާތީކަމަށެވެ. މީގެރައްދުގައި ރައީސް ބުހާރީވަނީ ޓުވިޓާއިން ގެންގުޅެނީ ދެފުށްދެގޮތް ސިޔާސަތެއް ކަމަށް ބުނެފައެވެ.

ޓުވިޓާއިން ފޮހެލި ރައީސް ބުހާރީގެ ޓުވީޓަކީ މިމަހުގެ ފުރަތަމަ ދުވަހު ރައީސް ބުހާރީ ކުރެއްވި ޓުވީޓެކެވެ. މި ޓުވީޓުގައި ވާހަކަދައްކައިފައިވަނީ 1967 އިން 1970 އަށް ނައިޖީރިއާގައި ކުރެވުނު ދާހިލީ ހަނގުރާމައިގެ ވާހަކައެވެ. އަދި މިއަދު ގާނޫނާއި ގަވާއިދުތަކަށް ނޫޅޭ ފަރާތްތަކަށް އެފަރާތްތައް ދައްނަ ފަދައިން އުގޫބާތް ދިނުމަށެވެ.

މިކަންތައްތައް މިދޭތެރެއިން ރައީސް ބުހާރީއާއި ޓުވިޓާ އާއި ދެމެދު ހިނގައިފައި ވީނަމަވެސް ޓުވިޓާ ނައިޖީރިއާގައި ބޭނުން ކުރުން މަނާކޮށްފައިވަނީ މިފަދަ ކަމަކާއި ގުޅިގެންކަން އެގައުމުގެ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ