ވެހިރައްޔިތެއްކަން އަންގައިދޭ ކާޑެއް - ފޮޓޯ: ދަ އެޑީޝަން

މާދަމާއިން ފެށިގެން އައިޑީ ކާޑު ހެދުމުގެ ޚިދުމަތް ކުޅުދުއްފުށީ ކައުންސިލުން

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ ޚިދުމަތް ކުޅުދުއްފުށީ ކައުންސިލުން ފެށުމަށް ތައްޔާރު ވެއްޖެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން ގެޒެޓް ކޮށްފައިވާ އިޢުލާނެއްގައި ބުނީ، 20 ޑިސެމްބަރ 2020 ވަނަ ދުވަހުން ފެށިގެން ހދ. ކުޅުދުއްފުށިން އައި.ޑީ ކާޑު ހެދުމުގެ ޚިދުމަތް ލިބިވަޑައިގަންނަވާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާއިން ކަމަށެވެ.

އަދި މި ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 08:15 އިން 11:00 އަށްކަމަށާއި، އައި.ޑީ ކާޑު ދޫކުރަން ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހެއްގެ ވެސް 11:00 އިން 12:00 އަށްކަމަށްވެސް ކައުންސިލްގެ މިއިޢުލާނުގައި ވެއެވެ.

މީގެކުރިން ކުޅުދުއްފުށިން އައިޑީ ކާޑުގެ ޚިދުމަތް ދެމުން އައިސްފައިވަނީ އެރަށުގައި ހުންނަ ސަަރަޙައްދީ އޮފީހުގައި ހުންނަ އައިޑީ ކާޑު ޔުނިޓުންނެވެ. އޭރު އެޚިދުމަތް ދެމުން ގެންގޮސްފައިވަނީ ހދ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ