ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތުކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 67 އިންސައްތަ ނިމިފައި ވާކަމަށް ށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން، ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައިކަމަށާއި، އަދި ހިނގާ ސަރަހައްދުގެ މަސައްކަތުގެ 75 އިންސައްތަ ޕަސެންޓް ވަނީ ނިމިފައި ކަމަށެވެ.
ހެލްތު މިނިސްޓްރީން އެކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 30.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން 30 އެނދުގެ ވާރޑް ޢިމާރާތެއް އެޅުމާއި، އޯޕީޑީ ސަރަހައްދު މަރާމާތުކުރުމާއި، ވޯކްވޭއަކުން މައި ޢިމާރާތާއި އޮފީސް ޢިމާރާތް ގުޅުވައިލައި، ލެބޯޓަރީ މަރާމާތުކުރުން ހިމެނެއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.