ހދ. ކުޅުދުއްފުށި ސިޓީން ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނީ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ބަލީގެ އަލާމާތް ހުރެގެން ހޮސްޕިޓަލުގެ ފުލޫ އޯޕީޑީ އަށް ދެއްކި މީހަކު ކަމަށެވެ. އެ މީހާ ބައްޔަށް ޕޮޒިޓިވްވީ އިއްޔެގެ ވަގުތެއްގައެވެ.
އެއާއެކު މި ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
އެންމެފަހުންވެސް ކުޅުދުއްދުށި ސިޓީ މޮނީޓަރިން އަށް ލީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި އޮތުމަށްފަހު ރަށް އާންމު ހާލަތަށް ގެނެސްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އަދި މީގެ ކުރިންވެސް ކުޅުދުއްފުށި ސިޓީ ވަނީ އެކިފަހަރު މަތިން ރޭންޑަމް ކޮށް މީހުން ޕޮޒިޓިވްވެ މޮނީޓަރިންގެ ހާލަތަށް ލައިފައެވެ.
ނަމަވެސް އިއްޔެގެ ކޭސްއާއި ގުޅިގެން އެ ރަށް މޮނީޓަރިން އަށް ލައިފައިވާ ކަމެއް އެޗްޕީއޭ އިން އަދި ހާމައެއް ނުކުރެއެވެ.