ސްވިމިންގ ޓްރެކް ސަރަޙައްދަށް ގެނބުނު ކުއްޖާއަށް ފަރުވާދިނުމަށްފަހުވަނީ ދޫކޮށްލެވިފައިކާމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ސްވިމިންގ ޓެރެކް ސަރަޙައްދުގައި ސްނޯކްލިންގއަށް ގޮސް އުޅުނު ކުއްޖަކު ގެނބިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މަޢުލޫމާތު މިއަދު 12:30 ހާއިރު ލިބިފައިވާކަމަށެވެ.
އަދި އެކުއްޖާއަށް ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލެވިފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް ފުލުހުން ވިދާޅުވުއެވެ. މީގެއިތުރުން ފުލުހުން ވިދާޅުވީ މިހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށެވެ.
މިހާދިސާގެ އިތުރުން ގއ. މާނަގަލާ ކައިރިއަށްވެސް ކުއްޖަކު މިއަދުވަނީ ގެނބިފައެވެ. އެސަރަޙައްދަށް ގެނބުނު އުމުރުން 13 އަހަރުގެ މިކުއްޖާ ހާލު ދެރަވެގެން އަވަސް ފަރުވާއަށް އެމްއެންޑީއެފް ސައުތާރން އޭރިއާގެ ކޯސްޓް ގާޑް ސްކޮއާޑްރަންގެ އެހީތެރިކަމާއެކު ގއ. އަތޮޅު ހޮސްޕިޓަލަށްވަނީ ގެންގޮސްފައެވެ.
https://feshun.wonstasite.com/106028




