މިއަދު އެކަނި ރާއްޖެ އައި ފަތުރުވެެރިންގެ އަދަދު 4567 އަށް އަރައި، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން އާ ރެކޯޑެއް ގާއިމްކޮށްފިއެވެ.
Another record day of daily tourist arrivals to #Maldives since border reopening. Today we surpass the beautiful number of 4567 tourists on a single day.
Thank you ALL for your contributions towards #Maldives tourism recovery. #TogetherWeCan @visitmaldives #VisitMaldivesNow— Abdulla Mausoom (@Mausoom_Maus) December 19, 2020
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ މާރިޗު 27 ވަނަ ދުވަހުއެވެ. އަދި ބަންދުކޮށްފައި އޮތުމަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލީ ޖުލައި މަހުގެ 15 ގައެވެ.
ޓޫރިޒަމްއަކީ ރާއްޖެއިން ވަރަށް ބޮޑަށް ބަރޯސާވާ އިންޑަސްޓްރީއަކަށްވާއިރު، ކޮވިޑް-19 ގެ ސަބަބުން މިއިންޑަސްޓްރީއަށް ކުރި ނޭދެވޭ އަޞަރާއެކު ރާއްޖޭގެ އިޤްތިޞާދަށްވެސްވަނީ ކޮށްފައެވެ. މީގެއިތުުރުން އެތައް ބައެއްގެ ވަޒީފާއަށް އަސަރު ކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.




