ލ. ފޮނަދޫގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފޮނަދޫ ކައުންސިލްގެ ނައިބު ރައީސް މޫސާ އަބްދުﷲ މިނޫހަށް މައުލޫމާތު ދެމުން ވިދާޅުވީ މި އެކްސިޑެންޓު ހިނގައިފައިވަނީ ފޮނަދޫ ލިންކު ރޯޑުގައި ކަމަށެވެ.
މޫސާ އަބްދުﷲ އިތުރަށް ވިދާޅުވީ، އެކްސިޑެންޓް ހިނގަން މެދުވެރިވޭ މަޑުކޮށްފައި ހުރި ސައިކަލެއްގައި ފަހަތުން ދުއްވައިފައި އައި ސައިކަލެއް ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާ ލިބިފައިވަނީވެސް މަޑުކޮށްގެން ހުރި ސައިކަލުގައި ހުރި މީހާއަށް ކަމަށްވެސް މޫސާ އަބްދުﷲ ވިދާޅުވިއެވެ.
މި އެކްސިޑެންޓުގައި އަނިޔާލިބުނު މީހާއަށް މިހާރު އަންނަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ލިބުނު އަނިޔާގެ ތަފްސީލް އަދި ލިބިފައެއް ނުވެއެވެ.



