cof

ލައިޓަށް މަޑުކޮށްގެންހުރި ސައިކަލެއްގައި ފުލުހުންގެ ވެހިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ޓްރެފިކް ލައިޓަށް މަޑުކޮށްގެންހުރި ސައިކަލެއްގައި ފުލުހުންގެ ވެހިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ، ސިނަމާލެ ބްރިޖުން ފައިބައިގެން ހުޅުމާލެއްއަށް ދާން އޮންނަ ސަރަޙައްދުގައި ހުންނަ ޓްރެފިކް ލައިޓަށް މަޑުކޮށްގެން ހުރި ސައިކަލެއްގައި ފުލުހުންގެ ވެހިކަލްއެއްޖެހި އެކްސިޑެންޓް ވެފައިވާކަމަށެވެ.

އަދި މިއެކްސިޑެންޓުގައި ސައިކަލްގައި އިން މީހާށް އަނިޔާވެފައިވާކަމަށާއި، އައިޖީއެމް ހޮސްޕިޓަލްގައި އޭނާއަށް ފަރުވާދެމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ އެމީހާއަށް ސީރިއަސް އަނިޔާއެއްވެފައި ނުވާކަމަށެވެ.

މިއެކްސިޑެންޓުގެ ރިޕޯރޓް ފުލުހުންނަށް ލިބިފައިވަނީ މިރޭ 19:20 ހާއިރުއެވެ. އަދި އެކްސިޑެންޓު ހިނގިއިރު ދެ އުޅަނދުވެސް ދުއްވާފައިވަނީ ލައިސަންސް އޮންނަ މީހުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންދަނީ މިމައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

(ތަފްޞީލް އަންނަނީ)

މިލިޔުން ކިޔާލުމުން
4
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ