ލ.ގަން

ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ އަންހެނަކަށް ސީރިއަސް އަނިޔާތަކެއް!

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން ވިދާޅުވިފގޮތުގައި، ދެ ސައިކަލެެއް ޖެހި ހިނގި މިނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވަނީ ލ. ގަން  ނުރައމުކުރިމަގުގައިއެވެ. އަދި މިއެކްސިޑެންޓުގައި ޖުމްލަ ތިން މީހަކަށް އަނިޔާވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ދިވެހި ދެ އަންހެނުންނާއި ބިދޭސީ ފިރިހެނެކެވެ.

މިހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 55 އަހަރުގެ ދިވެހި އަންހެނަކާއި، އުމުރުން 28 އަހަރުގެ ދިވެހި އަންހެނަކާއި އަދި އުމުރުން 32 އަހަރުގެ ބިދޭސީ ފިރިހެނަކަށެވެ.

އަދި މިިތިން މީހުންނަށްވެސް ގަން ރީޖިނަލް ހޮސްޕިޓަލްގައި މިހާރު ފަރުވާދެމުންދާއިރު، އަނިޔާވި ދެ އަންހެނުންނަށްވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

އެގޮތުން ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަލީ ނަޝީދުއާއި ޙަވާލާދީ "ވަގުތު" ގައި ބުނެފައިވަނީ، އުމުރުން 55 އަހަރުގެ އަންހެން މީހާގެ ހާލު ސީރިއަސް ކަމަށާއި، އޭނާއަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށެވެ. އަދި އޭނާ މާލެ ފޮނުވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. މީގެއިތުރުން އުމުރުން 28 އަހަރުގެ އަންހެން މީހާގެ ކަރުކައިރިން ކަށިގަނޑެއް ބިންދައިގެން ގޮސްފައިވާ ކަމަށްވެސް ނަޝީދާއި ޙަވާލާދީ އެނޫހުގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
25
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ