"ސާފު ހުޅުމާލެ" ހަރަކާތުގެ ތެރެއިން 18 ޓަނުގެ ކުނި ނަގައިފި

ހުޅުމާލެ ސާފުކުރުމަށް ކުރިއަށް ގެންދިޔަ "ސާފު ހުޅުމާލެ" ޕްރޮގްރާމުގައި18 ޓަނުގެ ކުނި ނެގިއްޖެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

މިމަހުގެ 19 ވަނަ ދުވަހު "ސާފު ހުޅުމާލެ" ނަމުގައި ޕްރޮގްރާމެއް ފަށާ ހުޅުމާލޭގެ އެކި ސަރަޙައްދުތައް ސާފުކޮށްފައިވާއިރު، އެންމެ ދެ ގަޑިއިރުގެ ތެރޭގައި ހުޅުމާލެއިން 18 ޓަނުގެ ކުނި އެއްކޮށްފައިވެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) އިއްޔެ އެ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ، ހަވީރު 4:00-6:00 އަށެވެ.

މި ހަރަކާތް ނިއްމާލުމަށްފަހު އެއްކުރި ކުނި ތަކުގެ ފޮޓޯތައް އެޗްޑީސީން ވަނި އާންމުންނަށް ދައްކާލައިފައެވެ.

މި ހަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް އެވްޑީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ