ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ގެ މަޤާމުން ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު ވަކިކޮށް، ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި އިބްރާހީމް ނަޒީމު އެމަޤާމަށް ހަމަޖައްސަވައިފި އެވެ.
ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަންގެ އެމްޑީ ކަމުން ޒުހައިރް ވަކިކުރައްވާ ޒުހައިރު ވަނީ ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމަށް އައްޔަނުކުރައްވައިފައެވެ.
ޒުހައިރު އެ މަޤާމަށް އައްޔަނު ކުރެއްވީ ކުރީން އެ މަޤާމުގައި ހުންނެވި މ. ދޫރެސް، މުހައްމަދު މައުރޫފް ޖަމީލް އެ މަޤާމުން މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ޒުހައިރު އާރްޑީސީގެ އެމްޑީ ކަމުން ވަކިކޮށް މިއަދު އާރްޑީސީފެ އެމްޑީގެ އެމަޤާމަށް އައްޔަނު ކުރެވުނު ނަޒީމް އަކީ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެއިރު މަގު ހެދުމުގެ މަސައްކަތް ކުރުމަށް އުފެއްދެވި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ އެމްޑީގެ މަޤާމު ފުރުއްވި ބޭފުޅެކެވެ.
އޭގެ ފަހުން ރައީސް ޔާމީނުގެ ވެރިކަމުގައި އޭނާ އައްޔަންކުރެއްވީ ގެދޮރުވެރިކަމާ ބެހޭ ވުޒާރަގެ ވަޒީރުގެ ނައިބެއްގެ މަޤާމަށެވެ. އެ ދައުރު ނިމެންދެން އެ މަޤާމުގައި އޭނާ ހުންނެވިއެވެ.




