ކާބުލްގައި ދިން ކާރުބޮމުގެ ހަމަލާއެއްގައި 9 މީހުން މަރުވެއްޖެ

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި މިއަދު ދިން ކާރުބޮމުގެ ހަމަލާއެއްގައި ނުވަ މީހުން މަރުވެ 15 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

އަފްގާނިސްތާނުގެ އިންޓީރިއާ މިނިސްޓުރީގެ ތަރުޖަމާނަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، ކާރުބޮމުގެ ހަމަލާއާއި ގުޅިގެން ކުޑަކުދިންނާ، އަންހެނުންނާއި، އަދި އުމުރުން ދުވަސްވީ މީހުން މަރުވެފައިވާ ކަމަށެވެ. އަދި މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ.

މިއަދުދިން މިހަމަލާ އަމާޒުކޮށްފައިވަނީ ކޮންބަޔަކަށްކަން އަދި ސާފުވެފައި ނުވާއިރު މިހަމަލާ ދިން ވަގުތު އަފްގާނިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޚާން މުހައްމަދު ވަރުދަކު އެސަަރަހައްދުން ދަތުރުކުރައްވަމުން ގޮސްފައި ވެއެވެ. މިހަމަލާއާއި ގުޅިގެން ޚާން މުހައްމަދު ވަރުދަކުއަށް ކޮންމެސް މިންވަރަކަށް އަނިޔާވިކަމަށްވެސް ބަޔެއް ރިޕޯޓުތައް ބުނެއެވެ.

ހަމަލާގެ ވީޑިއޯއިން ފެއްނަ ގޮތުގައި ދެ ކާރެއްގައި ރޯވެ އަނދަމުން ދެއެވެ. އަދި އެސަރަހައްދުން ގިނަ އަދަދެއްގެ ދުންވެސް އަރަމުން ގޮސްފައި ވެއެވެ. މިހަމަލާގެ ޒިންމާ އެއްވެސް ހަނގުރާމަވެރި ގުރޫޕަކުން އަދި ނަގައިފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ