މިއަދު ރާއްޖެއަށް 5،555 ވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ

ރާއްޖެއަށް މިއަދު 5،555 ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޑރ. މައުސޫމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދަކީ އަނެއްކާވެސް އާ ރިކޯޑެއް ގާއިމުކުރެވުނު ދުވަހެއް ކަމަށާއި މިއަދު ރާއްޖެއިން 5،555 ވުރެ ގިނަ ފަތުރުވެރިންނަށް މަރުހަބާ ކިޔައިފައިވާ ކަމަށެވެ.

"މިއަދު ރާއްޖެއިންވަނީ 5،555 ވުރެ ގިނަ ފަތުރުވެރިންނަށް މަރުހަބާ ކިޔައިފައި، ޝުކުރިއްޔާ، ޓުރެވަލް އެންޑް ޓުއަރިޒަމް ޕާރޓްނާރސް، ކަމާގުޅޭ ދާއިރާތައް، އަދި ދިވެހި އާބާދީއަށް ފަތުރުވެރިކަން ނަގާކޮޅަށް ޖެހުމަށް ކުރާމަސައްކަތަށް" ޑރ. މައުސޫމުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ކޮވިޑް-19 އަށް ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އެންމެ ބިޒީ ދުވަސްތަކުގައި އެވްރެޖްކޮށް އައިސްފައި ވަނީ 4،000-5،000އާ ދެމެދުގެ އަދަދެއްގެ ފަތުރުވެރިންނެވެ. މިހާރު އަނެއްކާވެސް މިވަނީ މިއަދަދަށް ރާއްޖެއަށް ފަތުރުވެރިން އައްނަން ފަށައިފައެވެ.

އިއްޔެ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 4،760 އެވެ. އަދި ކުރިއަށް އޮތް ނުވަ ދުވަހު ވެސް ގާތްގަނޑަކަށް 4،000 ގައި ފަތުރުވެރިންގެ އަަދަދު ހިފަހައްޓާލެވޭނެކަމުގެ އިޝާރާތެއް، ޑރ. މައުސޫމް މިއަދު ވަނީ ދެއްވައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ