ތިނަދޫއިން އެއްކޮށް ކަރަންޓު ކެނޑިއްޖެ

ގދ.ތިނަދޫ އިންޖީނުގޭގައި އިންޖީނުތަކަށް ދިމާވި މައްސަލައަކުން އެރަށުން އެއްކޮށް ކަރަންޓު ކެނޑިއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުގައި، ތިނަދޫއިން ކަރަންޓް ކެނޑެން މެދުވެރިވީ އިންޖީނުގޭގައި ބޭނުންކުރާ ސަރކެޓެއްގެ މޮޑިއުލްއަކަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.

މައުލޫމާތު ލިބޭގޮތުން އެ ރަށުން ކަރަންޓު ކެނޑިފައި ހުންނަތާ މިހާރު ހަތް ގަޑިއިރަށްވުރެ ގިނަ އިރު ވެދާނެއެވެ. އެރަށުން ކަރަންޓު ކެނޑިފައިވަނީ ރޭ މެންދަމު 3:15ގައެވެ.

އެ ރަށުން ކަރަންޓު ކެނޑުމުން ފެނަކަ ޓީމުން މަސައްކަތްކުރީ 2 ގަޑިއެއްހާއިރު ތެރޭ އަލުން ކަރަންޓު ދިނުމަށް ކަމަށާއި ނަމަވެސް އެކަން އެގޮތަށް ނުވީ މޮޑިއުލްއަށް ދިމާވި މައްސަލަ ޙައްލުނުކުރެވުމުންކަމަށް ފެނަކަ އެމްޑީ ވިދާޅުވެފައިވެއެވެ.

2016 ވަނަ އަހަރު ތިނަދޫ އިންޖީނުގޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާ، އިންޖީނުގެ އެއްކޮށް އަނދާހުލިވުމުގެ ސަބަބުން ފަސް ދުވަސް ވަންދެން އެ ރަށުން ކަރަންޓް ކެނޑިފައި ހުއްޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ