ތިނަދޫގައި އަޅާ އެމްއެންޔޫގެ ކެމްޕަސް. ފޮޓޯ:އެމްޓީސީސީ

ތިނަދޫގައި ހުންނަ އެމްއެންޔޫގެ ކެމްޕަސް ތަރައްޤީކޮށް އެކަމޮޑޭޝަން ބްލޮކް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީއިން ފަށަނީ

ގދ ތިނަދޫގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ކެމްޕަސް ތަރައްޤިކޮށް އެކޮމަޑޭޝަން ބްލޮކް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީ އިން ފެށުމަށް ހަމަޖެހިފައިވާ ކަަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިިވަނީ އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީވަކި ތިން މަޝްރޫއެއްގެ ގޮތުގައި ކަމަށެވެ. އެއީ، އެ ކެމްޕަސްގައި ތިން ފަންގިފިލާގެ އިމާރާތެއް ހެދުމާއި، ދަރިވަރުންނަށް ހާއްސަ ދެ ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމާއި މުވައްޒަފުންނަށް ހާއްސަ ދެ ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމެވެ.

އެމްޓީސީސީިން ބުނީ، ފުރަތަމަ މަޝްރޫއުގެ ދަށުން ތިން ފަންގިފިލާގެ ކެމްޕަސް އިމާރާތެއް ހެދުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި ދެވަނަ މަޝްރޫއުގެ ދަށުން ދަރިވަރުންނަށް ހާއްސަ ދެ ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ދަރިވަރުންގެ އެކޮމޮޑޭޝަން ބްލޮކްގައި 31 ކޮޓަރިއާއި ލޯންޑްރީއެއް ހުންނާނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

އަދި ތިންވަނަ މަޝްރޫއުގެ ދަށުން މުވައްޒަފުންނަށް ހާއްސަ ދެ ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރެވޭނެ ކަމަށާއި އެ ބޮލޮކްގައި، ހަތް ކޮޓަރިއާއި ކެފޭއެއް ވެސް ހުންނާނެއެވެ.

10,000 އިން މަތީގެ އާބާދީއެއް ދިރިއުޅޭ ގދ. ތިނަދޫގައި ހުންނަ އެމްއެންޔޫ ކެމްޕަސް ތަރައްޤީކޮށް ހިދުމަތް ލިބެން ފެށުމުން، ރަށުގެ ރައްޔިތުންނަށް ތައުލީމީ ރޮނގުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސިން ބުނެއެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ