'ވިސްނާ' ނަމުގަ އިދިކޮޅު ކޯލިޝަންގެ ޖަލްސާއެއް ހޮނިހިރު ދުވަހު

"ވިސްނާ" ނަމުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ހާއްސަ ޖަލްސާއެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި "ވިސްނާ" ނަމުގައި ޖަލްސާއެއް ބާއްވާނެ ކަމަށެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، އެޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ކާނިވާ ސަރަހައްދުގައި ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ހޮނިހިރު ދުވަހު ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ ގައިދުރުކޮށްގެން، އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް ރަސްމިއްޔާތުތަކާއި ހަފްލާތައް ބޭއްވުމުގެ ހުއްދަ ދިނުމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ