ފުލުހެއްގެ ސައިކަލެއް ރޯކޮށްލައިފި

މ. މުލީގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލެއްގައި ރޭގެ ވަގުތެއްގައި ރޯކޮށް އަންދާލައިފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލާއި ހަވާލާދީ އޮންލައިން ނޫސް "ސީއެންއެމް" ގައި ރިޕޯޓްކޮއްފައިވާ ގޮތުގައި މ.މުލީ މަގުމަތީ ގައި ޕާކް ކޮށްފައިހުރި ފުލުހެއްގެ ސައިކަލުގައި ރޯ ކޮށްލާފަވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 5:45 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވި ނަމަވެސް ސައިކަލުގައި ރޯވެ ވަނީ އެއްވެސް ބޭނުމެށް ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

މިމައްސަލަ ފުލުހުން އިތުރަށް ދަނީ ތަހުޤީޤް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ