ހުޅުމާލެ ބީޗްގައި ރެދަންލާފައި /ފޮޓޯ: ސަމާ އިސްމާއިލް / ފެށުން

ރެދަނުން ޖަރީވިނަމަވެސް ހުޅުމާލެ ބީޗުގައި ނުރައްކާތެރި ޖެލީ ފިޝްތަކެއް، ސަމާލުވޭ!

ހުޅުމާލޭގެ މޫދު ސަރަހައްދުން ނުރައްކާތެރި ޖެލީފިޝް ތަކެއް ފެންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ބުނެފައިވަނީ ހުޅުމާލޭ ގޮނޑުދޮށުން ޖެލީ ފިޝްގެ ބާވަތެއްކަމަށްވާ "ބްލޫ ބަޓަން ޖެލީފިޝް" އަދި "ބްލޫ ބޮޓަލް ޖެލީފިޝް" ފެނިފައިވާކަމަށެވެ.

އަދި މި ޖެލީ ފިޝްތަކާއެކު ހުޅު މާލެ ގޮނޑުދޮށް ރެދަނުން ދިއްލި މިއީ ބަލައިލަން ރީތި މަންޒަރަކަށް ވިޔަސް، މި ޖެލީ ފިޝްއަށް ސަމާލުވުމަށްވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ، މި ޖެލީފިޝް ތަކަކީ ކަށި ޖަހާ ބާވަތެއްކަމަށާއި، އަދި އޭގެސަބަބުން ބައެއް ބޭފުޅުންނަށް އެލާޖިކް ރިކެއްޝަނެއް މެދުވެރިވެދާނެކަމަށެވެ. އެގޮތުން ހާއްސަކޮށް ކުޑަ ކުދިންނާއި އުމުރުން ދުވަސްވީ މީހުން މި ކަމަށް ސަމާލުވުން މުހިންމުކަމުގައިވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން މިގޮތަށް ޓްވީޓްކޮށްފައި މިވަނީ ހުޅުމާލޭގެ ގޮނޑުދޮއްތައް ރޭ ރެދަނުން ދިއްލި އެމަންޒަރުތަކުގެ ހިތްގައިމު ފޮޓޯތައް މީސްމީޑިއާގައި ގިނަ ބަޔަކު ޙިއްސާކޮށްފައިވަނިކޮށެވެ. އަދި ގިނަ ބަޔަކު މިމަންޒަރުތައް ބެލުމަށް ހުޅުމާލެ ގޮނޑުދޮށަށް އެއްވާކަންވެސް ފާހަގަކޮށްލެވެއެވެ.

https://feshun.wonstasite.com/106113

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ