އަފްގާނިސްތާނުގައި ނޫސްވެރިއަކު މަރާލައިފި

އަފްގާނިސްތާނުގެ ގަޒްނީ ޕްރޮވިންސުގައި ބަޑިން ހަމަލާދީ ނޫސްވެރިއަކު މަރާލައިފިއެވެ.

ފުލުހުންނާއި ހަވާލާދީ ރޮއިޓާސްއިން ބުނެފައިވަނީ، ނޫސްވެރިޔާ ރަހުމަތުﷲ އަށް ބަޑިން ހަމަލާދީފައިވަނީ، އޭނާ ދިރިއުޅޭ ގެއިން ނިކުމެގެން މިސްކިތައް ދިޔަމަގުމަތީގައި ކަމަށެވެ.

ގަޒްނީ ޕްރޮވިންސުގެ ބޮޑު ސަރަހައްދަކީ ހަނގުރާމަވެރި ތޯލިބާނުންގެ އަތްދަށުގައިވާ ސަރަހައްދުތަކެވެ. ތޯލިބާނުންވަނީ ރަހުމަތުﷲ މަރާލައިފައިވަނީ އެމީހުން ނޫންކަމަށް ބުނެފައެވެ.

ތޯލިބާނުންގެ ތަރުޖަމާނެއް ކަމަށްވާ ޒަބީހުﷲ މުޖާހިދު ބުނެފައިވަނީ، ރަހުމަތުﷲ ގެ މަރު ސިފަކުރަނީ އަފްގާނިސްތާނަށް ލިބުނު ގެއްލުމެއްގެ ގޮތުގައި ކަމަށެވެ. މިދިޔަ މަހުން ފެށިގެން މިއަދާއި ހަމައަށް އަފްގާނިސްތާނުގައި ޖުމްލަ ހަތަރު ނޫސްވެރިން މަރާލައިފައި ވެއެވެ.

ފާއިތުވެދިޔަ މަސްތަކުގައި އަފްގާނިސްތާނުގައި ދިން ގިނަ ހަމަލާތަކުގެ ތުހުމަތު ކުރެވެނީ ހަނގުރާމަވެރި އައިއެސް ޖަމާއަތަށެވެ. މިމަހުގެ ކުރީކޮޅު އަފްގާނިސްތާނުގައި މަރާލެވުނު ނޫސްވެރިޔާ މަރާލުމުގެ ޒިންމާ އައިއެސް ޖަމާއަތުން ނަގައިފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ